ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 23:35
ކަރާ ދަނޑު
ކަރާ ދަނޑު
ޓްވިޓަރ
ކޮވިޑް-19
ދަނޑުވެރިން ހައްދާ ހުރިހާ ތަކެއްޗެއް ވިއްކޭނެ ގޮތް ހަދައިދޭނަން: އަމީރު
 
ލޯނުތައްނަގާ، އިންވެސްޓް ކޮށްގެން ނަމަވެސް، ދަނޑުވެރި ވިޔަފާރިތައް ކުރިއެރުވުމަށް ގޮވާލެއްވި
 
އެސްޓީއޯއާއި އިކޮނޮކިމް މިނިސްޓްރީއާއި ގުޅިގެން އެމަސައްކަތް ދަނީ ކުރެވެމުން
 
ހައްދާ ހުރިހާ ތަކެއްޗެއް ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް، ގަނެވޭނެ

ދަނޑުވެރިން ހައްދާ ހުރިހާ އެއްޗެއް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތްއޮތުން ބަދަލުކުރުމަކީ އެމްޑިޕީގެ ވައުދެއް ކަމަށެވެ.

އެގޮތުން ރާއްޖޭގެ މަސްވެރިން ބާނާ މަސް ސަރުކާރުގެ ކުންފުނިތަކުން ގަންނަ އުސޫލުން، ދަނޑުވެރިން ހައްދާ ހުރިހާ އެއްޗެއް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ގަނެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރެވޭނެ ކަންތައްތައް ހިމެނިފައިވާއިރު، އެކަންތައް ކުރުމަށް އޭރު ރޭވިފައިހުރީ ވަކި ޓައިމްލައިންތަކަކަށް ބަހާލައިގެން ކަމަށެވެ. އެހެން ނަމަވެސް މިހާރުގެ ހާލަތާއި ގުޅުވައިގެން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެ މަސައްކަތް ކުރުމަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދަނޑުވެރިން ހައްދާ ހުރިހާ ތަކެއްޗެއް ދައުލަތުގެ ކުންފުނިތައް މެދުވެރިކޮށް، ގަނެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. އެސްޓީއޯއާއި އިކޮނޮކިމް މިނިސްޓްރީއާއި ގުޅިގެން އެމަސައްކަތް ކުރެވެމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ.

އެހެންކަމުން ލޯނުތައް ނަގާ، އިންވެސްޓް ކޮށްގެން ނަމަވެސް، ދަނޑުވެރި ވިޔަފާރިތައް ކުރިއެރުވުމަށް ފިނޭންސް މިނިސްޓަރ ގޮވާލެއްވިއެވެ. އަދި އެ ފަރާތްތަކުން ހައްދާ އެއްވެސް އެއްޗެއް ނުވިކި، ބޭކާރު ނުވާނެ ކަމުގެ ޔަގީންކަމުން ދެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
50%
25%
0%
0%
0%
25%
ކޮމެންޓް
2 އޭޕްރިލް 2020 | ބުރާސްފަތި 12:33
ވ
ބައެއް މީހުންގެ ވަޒީފާ ގެއްލެނީ. މާލޭގެ މަސްހޫރު ފޮޓޯނަގާ އެފް.ޑީ.އައި ގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ވަރަށް ބޮޑު، ޑިއުޓީ ޝެޑިއުލްހަދާ ހަފުތާއަކު 02 ދުވަހު މަސައްކަތްތައް ނުކުންނަންޖެހެނީ. އެނެތް 05 ދުވަހަކީ ނޯޕޭކަމަށް ވަނީ ނިންމާފައި. އެ ދުވަސްތަކަށް މުސާރައެއް ނުލިބޭ. އެހެންކަމަށްވާނަމަ އެ މުވައްޒަފުންނަށް މުސާރަ ލިބޭނީ މަހަކު 08 ދުވަހު އަނެތް 22 ދުވަހު މުސާރައެއް ނުލިބޭ. ދެން ކިހިނެތް ކުލި/ކަރަންޓް/ފެން ބިލް ދައްކަނީ؟ މި ކަހަލަ މުވައްޒަފުންނަށް ސަރުކާރުގެ ޕެކޭޖުގެ ތެރެއިން ހަމަޖެހިދާނެތޯ ނޫސްވެރިޔަކު ކޯވިޑް19 ގެ ޕްރެސްގައި ސުވާލުކޮށްލަދީބަލާ؟
2 އޭޕްރިލް 2020 | ބުރާސްފަތި 02:11
އަބަޔހ7
ހަމަ މިއާއެކު ބޭބެއަށް 100 ދޭގޮތަށް ބޮންދުން ނަގާފަ ހުރި ދަނޑުތައް މޮނިޓަރ ކުރެވޭނެ އުޞޫލެއްވެސް ރާވަން ޖެހޭ.. އެހެން ނޫނީ އެފައިސާގެ ތެރެއިން ބޮޑު ބައެއް ދާނީ ބަންގާޅަށް... މިހާރުވެސް މާރުކޭޓަށް ގެންނަ އެތިކޮޅަށްވެސް ވަނީ އެހެން .. ބަލާނެ މީހަކު ނެތް..