ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 21:36
ޓުއަރިޒމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކެއް
ޓުއަރިޒމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކެއް
ޓީމް މޯލްޑިވްސް
ކޮވިޑް-19
ވަޒީފާ ގެއްލޭ ފަރާތްތަކަށް އޭޕްރީލް މަހުން ފެށިގެން 3 މަސް ދުވަހަށް އެލެވެންސްއެއް ދެނީ
 
3 މަސް ދުވަހަށް އެލެވަންސް ދޭނެ

އޭޕްރީލް މަހުން ފެށިގެން ވަޒީފަ ގެއްލޭ ފަރާތްތަކަށް އެލެވެންސް ދޭން ސަރުކާރުން ނިންމައިފިއެވެ.

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން 3 މަސް ދުވަހަށް އެލަވަންސްއެއް ދޭނެ ކަމަށެވެ. އަދި އޭޕްރީލް މަހުން ފެށިގެން އެ އެލަވަންސްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވި ސްޓިމިއުލަސް ޕެކޭޖު އެކުލަވާލުމުގެ ބޭނުމަކީ މިހާލަތާއި ގުޅިގެން ގެއްލުންވާ ފަރާތްތަކަށް އެހީތެރިވުމަށްކަމަށެވެ. ރިޒޯޓު ސެކްޓަރގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން މިހާރުވެސް ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާއިރު މިނިސްޓަރ ވަނީ ޖޮބް ސެންޓަރގައި ރެޖިސްޓަރވުމަށް އެފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ. އަދި ރެޖިސްޓަރ ކުރައްވާފައިވާ ފަރާތްތަކަށް އެ އިނާޔަތް ފޯރުކޮށްދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސްގެ ނުރައްކާ ރާއްޖެއަށް ވެސް ކުރިމަތިވެފައިވާއިރު، ވިޔަފާރިތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަނީ ދަތިތަކާޢި ކުރިމަތިލާން ޖެހިފައެވެ. ރާއްޖޭގެ އެކި ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 11،000 އެއްހާ މުވައްޒަފުން މުސާރަ ނުލިބޭގޮތަށް ފޮނުވާލާފައިވާ ކަމަށް އަންދާޒާ ކުރެވޭއިރު، ވަރަށް ގިނަ ފަރާތްތަކެއްގެ ވަޒީފާވެސް ވަނީ ގެއްލިފައެވެ.

މިދަނޑިވަޅުގައި ރާއްޖޭގެ ފަތުރުވެރިކަމާއި އެހެނިހެން އިގްތިސާދީ މަސައްކަތްތަކަށް ހީނަރުކަމެއް އައިސްފައިވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަގުސަދުގައި ވިޔަފާރިތަކަށް ކޭޝް ފްލޯވ ފައިނޭންސިންގ ސްކީމްތައް ފަހިކޮށްދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައިގެން ދަނީ އަޅަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
71%
0%
29%
0%
0%
ކޮމެންޓް
2 އޭޕްރިލް 2020 | ބުރާސްފަތި 16:33
މާމަކުނު
ބަލަ ތިހޯދަން ހަދަން ޖެހޭ ގޮތެއްވެސް ލިޔެބަލަ