ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 21:42
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ބަޖެޓަށް 12 ބިލިއަންގެ ޑެފިސިޓެއް އަންނާނެ: މިނިސްޓަރ އަމީރު
 
ޓޫރިސްޓް އެރައިވަލް 30 ނުވަތަ 50 އިންސައްތަ ދަށަށްދާނެ: މިނިސްޓަރ
 
އުފެއްދުންތެރިކަމަށް 5.7% ދަށްވުމެއް އަންނާނެ

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިމިވާ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރަށް ފާސްކުރެވުނު ދިވެހި ދައުލަތުގެ ބަޖެޓަށް 12 މިލިއަން ރުފިޔާގެ ޑެފިސިޓެއް އަންނާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ މިހާލަތަކީ ކުރިން އަންދާޒާ ކުރެވުނު ހާލަތެއް ނޫން ކަމަށާއި މި ހާލަތާއި ގުޅިގެން 2020 ވަނަ އަހަރަށް ފާސްކުރެވުނު ބަޖެޓަށް ވެސް ބަދަލު އަންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން މިއަހަރަށް ފާސްކުރެވުނު ބަޖެޓުގައި ގައުމީ އުފެއްދުންތެރިކަން 7.5% އަށް އިތުރުވެގެންދާނެކަމަށް ލަފާކޮށްފައިވީނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު 2019 ވަނަ އަހަރާއި އަޅާ ބަލާއިރު 5.7% ދަށްވުމެއް އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ގެއްލުންތަކެއްވާއިރު ދިވެހި ސަރުކާރަށް ލިބޭ އާމްދަނީވެސް ދަށްވެގެންދާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ބަޖެޓުގައި އަންދާޒާ ކުރެވިފައިވާ އާމްދަނީ ބިނާވެގެންވަނީ ޓެކްސް ރިވެނިއު، ނޮން ޓެކްސް ރިވެނިއު އަދި އެކި ގައުމުތަކުންދޭ ހިލޭއެހީއަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިއަހަރަށް ފާސްކުރެވުނު ބަޖެޓަށް އާމްދަނީގެ ގޮތުގައި 30 ބިލިއަން ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ. އަދި އެ އަދަދުން 12 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ޓޫރިސްޓް އެރައިވަލްވެސް ދަށަށްދާނެ ކަމަށާއި ޓޫރިސްޓް އެރައިވަލް 30 ނުވަތަ 50 އިންސައްތަ ދަށަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

37.5 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަހަރު ފާސްކުރެވިގެންދިޔައިރު ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނީ ހިންގުމުގެ ހަރަދުގެ ތެރެއިން 1 ބިލިއަން ރުފިޔާ އުނިކުރުމަށް ނިންމާފައެވެ. އަދި އޭގެ އިތުރުންވެސް ހިންގުމުގެ ޚަރަދު ކުޑަކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް