ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 04:42
ޖޯޖްމައިކަލް މަރުވެފައިވަނީ މިދިޔަ ޑިސެމަބަރު މަހުގެ 25 ވަނަ ދުވަހު
ޖޯޖްމައިކަލް މަރުވެފައިވަނީ މިދިޔަ ޑިސެމަބަރު މަހުގެ 25 ވަނަ ދުވަހު
ދަ ނިއު އިންޑިއަން އެކްސްޕްރެސް
ޖޯޖް މައިކަލްގެ ޖަނާޒާ
ތިން މަސްދުވަހަށް ފަހު ޖޯޖް މައިކަލްގެ ޖަނާޒާ ބާއްވައިފި
 
ޖޯޖްމައިކަލް މަރުވެފައިވަނީ މިދިއަ ޑިސެމަބަރު މަހުގެ 25 ވަނަ ދުވަހު

އުމުރުން 53 އަހަރުގައި ކުއްލި ގޮތަކަށް މަރުވި މަޝްހޫރު ލަވަކިއުންތެރިޔާ ޖޯޖް މައިކަލްގެ ޖަނާޒާ ތިން މަސްދުވަހަށް ފަހު ބާއްވައިފިއެވެ.

އޭނާގެ އާއިލާއިން ބުނީ "އަމިއްލަ ކުޑަ ރަސްމިއްޔާތެއް" ބުދަދުވަހު ބާއްވާފައިވާއިރު އާއިލާ އާއި ގާތް ރައްޓެހިން ބައިވެރިވެފައި ވާކަމަށެވެ.

އާއިލާއިން ނެރެފައިވާ ބަޔާނެއްގައި ވަނީ އޭނާގެ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ.

އާއްމު މަރަކުން ޖޯޖްމައިކަލް މަރުވެފައި ވަނީ މިދިޔަ ޑިސެމަބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ވޭމް!" ބޭންޑާ އެކު 1980 ގެ އަހަރުތަކުގައި މިއުޒިކީ ކެރިއަރު ފެށި ތަރި ވަނީ ސޯލޯ އާޓިސްޓެއްގެ ގޮތުގައި ވެސް ފަހުން ބޮޑު މަގްބޫލުކަމެއް ހޯދާފަ އެވެ.

ގާތްގަނޑަކަށް 40 އަހަރަށް ދެމިގެން ދިޔަ މިއުޒިކް ކެރިއާގައި ނޯތު ލަންޑަން އަށް އުފަން ޖޯޖިއޯޒް ކިރިއާކޯސް ޕަނަޔިއޯޓޫ ނުވަތަ ޖޯޖް މައިކަލް ވަނީ 100 މިލިއަނަށް ވުރެ ގިނަ އަލްބަމް ވިއްކާފަ އެވެ.

ސްކޫލު ދައުރުގެ ރަހުމަތްތެރިއެއް ކަމަށްވާ ރިޖްލީއާއެކު "ވޭމް!" އިން މަގްބޫލުކަން ހޯދި، ޖޯޖް މައިކަލް ފަހުން ވަނީ ސޯލޯ އަލްބަމްތަކުން ވެސް ގިނަ ކާމިޔާބީތައް ހޯދާފަ އެވެ.

އެގޮތުން 1987 ގައި ރިލީޒްކުރި "ފެއިތު" އާއި "ލިސްން ވިތައުޓް ޕްރެޖުޑިސް- ވޮލިއުމް 1" އަކީ ފާހަގަކޮށްލެވޭ އަލްބަމްތަކެވެ. އޭގެ އިތުރުން ސޯލޯ އާޓިސްޓެއްގެ ގޮތުގައި ޖޯޖް މައިކަލް ވަނީ ޗާޓުގެ އެއްވަނަ ހޯދި ގިނަ ލަވަތަކެއް ރިކޯޑް ކޮށްފައެވެ.

"ކެއާލެސް ވިސްޕާޒް" ފަދަ މަގްބޫލޫ ލަވަތައް ނެރުނު ޖޯޖް މައިކަލް އަށް ވަނީ ތިން ބްރިޓް އެވޯޑްސް އާއި ދެ ގްރެމީ އެވޯޑް ވެސް ލިބިގެން ގޮސްފަ އެވެ.

ބޮޑު މަގްބޫލުކަމެއް ލިބުމާއެކު ޖޯޖް މައިކަލްއާ ގުޅުން ހުރި ތަފާތު ޚަބަރުތަކެއް ވެސް ނޫސްތަކެއްގެ ފަލަ ސުރުހީއަށް އަރަން ފެށި އެވެ. އެގޮތުން މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއް ހިމެނެ އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް