ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 21:26
އިޓަލީގެ ހޮސްޕިޓަލެއްގައި ސިއްހީ އެހީތެރިއެއް މަސައްކަތްކުރަނީ
އިޓަލީގެ ހޮސްޕިޓަލެއްގައި ސިއްހީ އެހީތެރިއެއް މަސައްކަތްކުރަނީ
ސްކައި ނިއުސް
ކޮވިޑް-19
އިޓަލީގެ ސިއްހީ އެހީތެރިން: ފުރާނަ އަތްމައްޗަށް ލައިގެން ފުރާނަތައް ސަލާމަތްކުރުމުގައި
 
މިމީހުންގެ އެވްރެޖް އުމުރަކީ 49 އަހަރު
 
އެންމެފަހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެގައުމުގެ 6414 ސިއްހީ އެހީތެރިންނަށް ވަނީ ވައިރަސް ޖެހިފައި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އެންމެ ހަލުވި މިނުގައި ފެތުރެމުންދާ އެއް ގައުމަކީ އިޓަލީ އެވެ. އިޓަލީގައި ލައްކައަކަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު އެންމެ ގިނަ އަދަދަކަށް މީހުން މަރުވަމުން އަންނަނީވެސް އިޓަލީންނެވެ. ދުވާލެއްގެ މައްޗަށް އެގައުމުން މަރުވާ މީހުންގެ އަދަދު ހާހަކާ ކައިރިކުރާއިރު ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެންމެ ބުރަ ނުރައްކާތެރި މަސައްކަތްކުރަމުންދާ ބަޔަކީ އެކަމުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ސިއްހީ އެހީތެރިންނެވެ.

އެތައް ހާސް ބަލި މީހުންނެއް ކައިރީގައި ހަމައެކަނި ހަރަކާތްތެރިވެވެނީ ސިއްހީ އެހީތެރިންނަށެވެ. ވައިރަސް އަކީ ބާރުގަދަ ވައިރަސްއަކަށްވުމާއި ފެތުރޭ ނިސްބަތް އަވަސްވުމުން ވައިރަސް އިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅު ސިއްހީ އެހީތެރިންނަށް ނޭޅިއްޖެނަމަ އެމީހުންގެ ފުރާނަ އޮންނަނީ ނުރައްކާތެރި ހިސާބެއްގަ އެވެ. އެންމެ ގިނަ އަދަދެއްގެ މީހުން ވައިރަސް ޖެހިގެން މަރުވާ ގައުމަށް އިޓަލީ ވާއިރު އެންމެ ގިނަ އަދަދެއްގެ ސިއްހީ އެހީތެރިން މަރުވަމުންދާ ގައުމަކީވެސް އިޓަލީއެވެ.

މިހާތަނަށް އާއިރު އިޓަލީގެ 66 ސިއްހީ އެހީތެރިއަކު ވަނީ ފުރާނަ އަތްމައްޗަށް ލައިގެން އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް މިދުނިޔެއާ އަލްވަދާއު ކިޔާފަ އެވެ. އިޓަލީގެ ހޮސްޕިޓަލްތައް ބަލިމީހުންނާއިގެން އަންނަނީ ބަންޑުންވަމުންނެވެ.

އިޓަލީގެ ނޭޝަނަލް ޑޮކްޓަރސް އެސޯސިއޭޝަނުން އަންނަނީ އެގައުމުގައި ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދިނުމަށް އިސް ސަފުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންގެ ތެރެއިން މަރުވާ މީހުންގެ މައުލޫމާތުތައް އެއްކުރަމުންނެވެ. އެމީހުންގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި 66 ސިއްހީ އެހީތެރިން މިހާތަނަށް އާއިރު މަރުވެފައިވާއިރު އެންމެ ފުރަތަމަ މަރުވެފައިވަނީ އުމުރުން 67 އަހަރުގެ ރޮބާރޓޯ ސްޓެއްލާ އެވެ. އޭނާ މަރުވެފައިވަނީ ހުސްވި މަރޗް މަހުގެ 11 ވަނަ ދުވަހު އެވެ.

ރޮބާރޓޯ އާއެކު މަސައްކަތްކުރި މީހުންނާއި އޭނާގެ ރަހުމަތްތެރިން ބުނިގޮތުގައި މަރުވުމުގެ ކުރިން އޭނާގެ އެންމެ ފަހުބަހަކީ " އަހަރުމެން މިތާ ތިބީ މަސައްކަތްކޮށް މިވައިރަސް ދެކޮޅަށް ހަނގުރާމަކުރުމަށް" ކަމަށެވެ.

ވައިރަސް ޖެހުމުގެކުރިން އޭނާއާއެކު މަސައްކަތްކުރަމުންދިޔަ މީހުން ކައިރީގައި ރޮބާރޓޯ ބުނެފައިވަނީ " އަހަރުމެން އަތުން މާސްކު ހުސްވެއްޖެ. އެހެންނަމަވެސް އަހަރުމެންނަށް މީހުންނަށް ފަރުވާދިނުން ހުއްޓައެއް ނުލެވޭނެ. ކުރިޔަށްވުރެ ބޮޑަށް ސަމާލުވެ މިކަމައިގެން ކުރިޔަށްދަމާ ހިނގާ" މިހެންނެވެ.

ރޮބާރޓޯ ސްޓެއްލާ

ހީރޯއެއްގެ ގޮތުގައި އިޓަލީގައި ފާހަގަކުރަމުންދާ ރޮބާރޓޯގެ 24 އަހަރުގެ ފިރިހެން ދަރިފުޅު އަންނަނީ ޑޮކްޓަރުކަން ކިޔަވަމުންނެވެ. އޭނާގެ ބައްޕަ އާއި ގުޅޭގޮތުން މީޑިޔާ އާ ވާހަކަދައްކަމުން އޭނާގެ ދަރިފުޅު ބުނެފައިވަނީ އޭނާ ބޭނުންވަނީ ބައްޕަ ފަހުރުވެރިވާފަދަ ޑޮކްޓަރަކަށް ވުމަށް ކަމަށެވެ.

ޑރ ރޮބާރޓޯ މަސައްކަތްކުރަމުން އައިސްފައިވަނީ އެންމެ ހަލުވި މިނުގައި ވައިރަސް ފެތުރެމުންދިޔަ ބާރގަމޯ ސަރަހައްދުގަ އެވެ. ސްކައި ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބާރގަމޯގެ މައި ހޮސްޕިޓަލްގައި މަސައްކަތްކުރަމުންދިޔަ ޑޮކްޓަރުން ބުނެފައިވަނީ އެމީހުންގެ މުޅި ހަޔާތުގައިވެސް މިހާ ބާރުބޮޑުކޮށް އެމީހުން މަސައްކަތް ކޮށްފައެއް ނުވެއެވެ. މީގެކުރިންވެސް މިފަދަ ނުރައްކާތެރި ވަގުތުތަކުގައި މަސައްކަތްކޮށް އެކަމުގެ ތަޖުރިބާތައް ލިބިފައިވީނަމަވެސް މިހާރު އިޓަލީ އޮތް ހިސާބުން މިއީ ކުރިމަތިލަން ފަސޭހަކަމެއް ނޫންކަމަށް ޑޮކްޓަރުން ބުނެއެވެ.

އިޓަލީގެ ސިއްހީ އެހީތެރިން މަސައްކަތްކުރަމުންދާ ބުރަ ކަމުގެ ސަބަބުން އެގައުމުގެ ފޮރިން މިނިސްޓަރ ބުނެފައިވަނީ މިއީ ގޭމެއް ނޫންކަން އެންމެންނަށްވެސް އެނގެންޖެހޭ ކަމަށެވެ. އެތައް ބަޔަކު މަރުވަމުންދާއިރު އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް އަންނަނީ މަސައްކަތްކުރަމުން ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރ ވަނީ ބުނެފައިވެ އެވެ.

އިޓަލީގެ ހަޔަރ އިންސްޓިޓިއުޓް އޮފް ހެލްތުން އެންމެފަހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެގައުމުގެ 6414 ސިއްހީ އެހީތެރިންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. މިމީހުންގެ އެވްރެޖް އުމުރަކީ 49 އަހަރެވެ. ސިއްހީ އެހީތެރިންނަށް ބަލިން ރައްކާތެރިވުމަށް އެކަށީގެންވާ ސާމާނު ނެތްކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.

މާސެލޯ ނަތަލް އަކީ ކޮޑޮގްނޯގެ ޓައުންގެ ހޮސްޕިޓަލްގައި މަސައްކަތްކުރަމުން އަންނަ 57 އަހަރުގެ ސިއްހީ އެހީތެރިއެކެވެ. އޭނާ މަރުވެފައިވަނީ މަރޗް މަހުގެ 18 ވަނަ ދުވަހު އެވެ. އޭނާ މަރުވުމުގެ ކުރިން ދީފައިވާ އިންޓަރވިއުއެއްގައި ބުނެފައިވަނީ އެމީހުންގެ އަތުގައި އެންމެ އާދައިގެ ގްލޯވްސް ވެސް ނެތްކަމަށެވެ. " އަހަރުމެންގެ ޒަމާން މިދިޔައީ." އޭނާ ބުނެފައިވެ އެވެ.

" ހަމަޔަގީނުންވެސް އަހަރުމެން ތިބީ މިފަދަ ހާލަތަކަށް ތައްޔާރުވެގެންނެއް ނޫން. އަދި އަމުދުން އަހަރުމެންގެ އުމުރު މީހުން. އަހަރުމެންނަކީ އެންޓިބައޯޓިކް އުފެއްދުމުގެ ފަހުން އައި ބައެއް. އެހެންވީމާ އަހަރުމެންގެ ވިސްނުން އަބަދުވެސް ހުންނަނީ ބޭސްގުޅައަކުން މިފަދަ ބައްޔަކުން ސަލާމަތްވެވޭނޭ." އޭނާ ބުނެފައިވެ އެވެ.

އިޓަލީގެ ސިއްހީ އެހީތެރިންގެ ތެރެއިން އެންމެ ހަގުއުމުރުގައި މިހާތަނަށް އާއިރު މަރުވެފައިވަނީ އުމުރުން 48 އަހަރުގެ އިވާނޯ ގާރޒެނާ އެވެ. ޑެންޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި އިވާނޯ މަރުވެފައިވަނީ މަރޗް މަހުގެ 17 ވަނަ ދުވަހު އެވެ.

އިވާނޯ ގާރޒެނާ

އިޓަލީގައި މިހާތަނަށް އާއިރު ބާރަހާހަށްވުރެ ގިނަ މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. އެތައް ހާސްބަޔަކު މަރުވަމުން އަންނައިރު އެމީހުންގެ ޖަނާޒާތައް ބޭއްވުމަށް ދަތިވެ ހަށިގަނޑުތައް އަންނަނީ އަންދަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
އިނގިރޭސި ލީގު ބަލަން ވަން މީހުންގެ 28 ޕަސެންޓަކީ އަންހެނުން