ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 15:59
ކޮވިޑް-19 އަށް ޓެސްޓުކުރުގެ މަސައްކަތް ކުރިއަށްގެންދަނީ
ކޮވިޑް-19 އަށް ޓެސްޓުކުރުގެ މަސައްކަތް ކުރިއަށްގެންދަނީ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ޔޫކޭއިން އައި އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
 
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 18 އަށް އަރާފައި
 
އެ ހަތަރު މީހުންނަކީވެސް އިނގިރޭސިވިލާތުން ދަތުރުކޮށްފައި، އައި މީހުން
 
މިހަތަނަށް 4 ދިވެއްސަކު ވަނީ ޕޮޒިޓިވްވެފައި

އިނގިރޭސިވިލާތުން އައި އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިޔާއެކު، ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު ވަނީ 4 އަށް އަރާފަ އެވެ. އަދި އެ ހަތަރު މީހުންނަކީވެސް އިނގިރޭސިވިލާތުން ދަތުރުކުރުމަށްފަހު، ރާއްޖެ އައި ދިވެހިން ކަމަށް ސަރުކާރުން ބުންޏެވެ.

މިކަން ހާމަކޮށް އެޗްޕީއޭއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކޮށްފައިވާ ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނި، ސާމްޕަލް ނަގައި ހެދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައިވާކަމަށެވެ.

އަލަށް ޕޮޒިޓިވް ވި ކޭސްއާއިއެކު ރާއްޖެ އިން މިހާތަނަށް ކޮވިޑް -19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު މިވަނީ 19 އަށް އަރާފައެވެ. އެއީ 15 ބިދެސީންނާއި 4 ދިވެހިންނެވެ. ރާއްޖެއިން ޕޮޒިޓިވްވި ސާމްޕަލްތަކުގެ ތެރޭގައި ރާއްޖެއިން ފުރުފާލާފައިވާ އިޓަލީވިލާތުގެ ދެ ރައްޔިތެއްގެ ސާމްޕަލް ހިމެނެއެވެ. އެހެންކަމުން މި ވަގުތު ރާއްޖޭގައި ފަރުވާ ހޯދަމުން އަންނަނީ ޕޮޒިޓިވްވީ ހަތަރު ދިވެހިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
55%
27%
9%
9%
ކޮމެންޓް