އާދީއްތަ 24 ޖެނުއަރީ 2021
6 ހުވަން
1442 ޖުމާދުލް އާހިރަތު 10
ފަތިސް 05:04
އިރުއަރާ 06:18
މެންދުރު 12:22
އަސްރު 15:42
އިރުއޮއްސޭ 18:18
އިޝާ 19:33
"ބޭގަމް ޖާން"

ޕާކިސްތާނުގައި "ބޭގަމް ޖާން" ނުދެއްކުމަށް ނިންމައިފި

  • މިފިލްމު ރިލީޒް ކުރުމަށް ހަމެޖހިފައިވަނީ އޭޕްރިލް 14 ވަނަ ދުވަހު

ކ. މާލެ | 30 މާރޗް 2017 | ބުރާސްފަތި 03:53 | 3,024

"ބޭގަމް ޖާން" - ގޫގުލް

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމް "ބޭގަމް ޖާން"ގެ ގިނަ މަންޒަރުތައް ނަގާފައިވާ އިރު އެ ފިލްމު ޕާކިސްތާނުގައި ނުދެއްކުމަށް ނިންމައިފި އެވެ.

 

މިއީ ޕާކިސްތާނާއި އިންޑިއާ ގުޅޭ ސަރަހައްދީ ރޮނގުގައި ހުންނަ ނާސި ގެއެއްގައި އުޅޭ އަންހެނުންތަކެއްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ސްރިޖިޓް މުކެރްޖީ ޑައިރެކްޓްކުރާ ފިލްމެކެވެ. މިފިލްމު ނުދެއްކުމަށް ނިންމީ އަސްލާއި އެއްގޮތަށް މިފިލްމުގެ މަންޒަރުތައް ހިމަނާފައިވާތީ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

 

 

ފިލްމްގައި ދައްކުވައިދޭ ގެ ހުންނަނީ އެއްފަޅި ޕާކިސްތާނުގައި އަނެއް ފަޅި އިންޑިއާގައެވެ. މި ފިލްމްގައި އެ ގޭގައި އުޅޭ 10 އަންހެނުން ފެނިގެންދާނެއެވެ. އެ މީހުންގެ ލީޑަރުގެ ރޯލުން ފެނިގެންދާނީ ވިދްޔާއެވެ.

 

 

މިފިލްމުގެ ޕްރޮޑިއުސަރ މަހޭޝް ބަޓް ވަނީ މިފިލްމު ޕާކިސްތާނުގައި ދެއްކޭނެ ކަމުގެ އުއްމީދު އޮތް ކަމަށް ބުނެފައެވެ. 

 

 

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގައި ވިދްޔާ ބަޑި ހިފައިގެން އުޅޭ މަންޒަރުތައް ފެނިގެންދާނީ އެންމެ ޕްރޯ މީހަކު ފަދައިންނެވެ. މި ފިލްމްގެ އަސްލު އޮރިޖިނަލް ބެންގާލް ފިލްމް "ރާޖްކަހާނީ"ގެ ތަރި ރިތުޕަރްނާ ސެންގުޕްތާ އަށް ވުރެ ފިދްޔާގެ އެކްޓިން މާ ފުރިހަމަވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

 

 

މީގެ ކުރިން ވެސް ތަފާތު ރޯލްތަކުން މީހުން ހައިރާންކޮށްލާ ފަދަ މޮޅު އެކްޓިންއެއް ދައްކާފައިވާ ވިދްޔާ ވަނީ މި ފިލްމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން ވާހަކަ ދެއްކުމުގެ ސްޓައިލަށް ބަދަލު ގެނައުމާއި ބަޑި ޖަހަން ދަސްކުރުން ހިމެނެއެވެ. މީގެ އިތުރުން ކްލައިމެކްސްގައި ބަޑި ހިފައިގެން އަސް ދުށްވަން ވެސް ޖެހޭ ކަމަށް ޑައިރެކްޓަރު ބުނެފައި ވެއެވެ.

 

މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ނަސީރުއްދީން ޝާހް އާއި، ވިވެކް މުޝްރާން، ޗަންކީ ޕާންޑޭ، ޕޫނަމް ސިންގް ރާޖްޕޫތު، ރިދީމާ ތިވާރީ، ފްލޯރާ ސައިނީ، ޕްރިޔަންކާ ސަތިއާ، މިޝްތީ ޗަކްރޮބަތީ، ސުމިތު ނިޖާވަން، ޕްރިތިބާޝް އަދި ރާޖޭޝް ޝަރްމާ ހިމެނެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.