ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 12:31
ފްރާންސްގެ އޮލިމްޕިކް މާސޭގެ ކުރީގެ ރައީސް ޕަޕޭ ޑިއޫފް
ފްރާންސްގެ އޮލިމްޕިކް މާސޭގެ ކުރީގެ ރައީސް ޕަޕޭ ޑިއޫފް
ގެޓީ އިމޭޖަސް
ކޮވިޑް-19
ކޮރޯނާވައިރަސް ޖެހިގެން މާސޭގެ ކުރީގެ ރައީސް ނިޔާވެއްޖެ
 
މާސޭގެ ކުރީގެ ރައީސް ޕަޕޭ ޑިއޫފް ނިޔާވިއިރު، އޭނާގެ އުމުރަކީ 68

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ފްރާންސްގެ އޮލިމްޕިކް މާސޭގެ ކުރީގެ ރައީސް ޕަޕޭ ޑިއޫފް ނިޔާވެއްޖެ އެވެ.

ޑިއޫފް ނިޔާވިކަން މާސޭއިން ވަނީ ޔަގީންކޮށްދީފައެވެ. އުމުރުން 68 އަހަރުގެ ޑިއޫފް ނިޔާވީ ކޮވިޑް-19 ޖެހިގެން އޭނާގެ އުފަން ގައުމު ކަމަށްވާ ސެނެގާލްގެ ހޮސްޕިޓަލަކު ފަރުވާދެމުން ދަނިކޮށެވެ. ރިޕޯޓުތައް ބުނާ ގޮތުން ޑިއޫފްގެ ހާލު ގޯސްވުމުން އިތުރު ފަރުވާއަށް އޭނާ ފްރާންސަށް ގެންދިޔުމަށް މަސައްކަތްކުރިއެވެ. އެކަމަކު އޭގެކުރިން އޭނާ ވަނީ ނިޔާވެފައެވެ.

ޑިއޫފް ވަނީ 2005 އިން 2009 އަށް މާސޭގެ ރައީސްކަން ކުރައްވާފައެވެ. މި މުއްދަތުގައި މާސޭއިން ފްރެންޗް ލީގު ކާމިޔާބުކޮށްފައިނުވި ނަމަވެސް، އެޓީމުން ވަނީ ލީގުގައި ރަނގަޅު ވާދައެއް ކޮށްފައެވެ. މާސޭގެ ރައީސްގެ މަގާމު އަދާކުރެއްވުމުގެ ކުރިން ޑިއޫފް އަކީ ކުޅިވަރު ނޫސްވެރިއެކެވެ.

ކޮވިޑް-19 ޖެހިގެން މާސޭގެ ކުރީގެ ރައީސް ޕަޕޭ ޑިއޫފް ނިޔާވިއިރު، މީގެ ކުރިން މި ވައިރަސް ޖެހިގެން ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސަންޒް ވެސް ވަނީ ނިޔާވެފައެވެ. އަދި ސްޕެއިންގެ ޒުވާން ފުޓްބޯޅަ ކޯޗެއް ކަމަށްވާ އުމުރުން 21 އަހަރުގެ ފްރެންސިސްކޯ ގާސިއާވެސް ވަނީ މަރުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
100%
0%
0%
0%
ކޮމެންޓް