ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 12:34
ރިހާނާ އާއި ޖޭ-ޒީ
ރިހާނާ އާއި ޖޭ-ޒީ
ދި ގާޑިއަން
ކޮވިޑް-19
ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތައް ރިހާނާއާއި ޖޭ-ޒީ 2 މިލިއަން ޑޮލަރު ހަދިޔާކޮށްފި
 
މި ފައިސާ ހަދިޔާކުރިކަން ހާމަކޮށްފައިވަނީ އަންގާރަ ދުވަހު

ކޮވިޑް-19 ގެ ނުރައްކަލުން ސަލާމަތްވުމަށް އެމެރިކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް މާލީގޮތުން އެހީތެރިވުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ރެހާނާއާއި، ރެޕަ ޖޭއި ޒީ ނިންމައިފިއެވެ.

މި ދެ ފަންނާނުންވެސް ނިންމާފައިވަނީ އެ ދެފަންނާނުންގެ އަމިއްލަ ފައުންޑޭޝަން މެދުވެރިކޮށް ކޮންމެ މީހަކު އެއްމިލިއަން ޑޮލަރުގެ އެހީއެއްވުމަށެވެ. ރެހާނާ، އޭނާގެ ލަޔަނެލް ފައުންޑޭޝަން މެދުވެރިކޮށް އެހީދޭން ނިންމާފައިވާއިރު، ޖޭއި ޒީ އެހީދޭނީ އޭނާގެ ޝޯވްން ކާރަޓަރ ފައުންޑޭޝަން މެދުވެރިކޮށްނެވެ.

މިކަމުގައި ދެމީހުންވެސް ގެންގުޅެނީ އެއްވިސްނުމެކެވެ. އެގޮތުން، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެމެރިކާގެ ވެރިރަށް ނިއުޔޯރކާއި އަދި ވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ލޮސް އެންޖެލެސްގައި މި ވަގުތު އެއްވެސް ރެކޯޑެއްނެތި ވަޒީފާ އަދާކުރަމުންދާ މީހުންނާއި، ޞިއްޙީ އެހީތެރިންގެ ދަރިންނާއި، ކޮވިޑް-19ގެ މަސައްކަތުގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް އެހީތެރިވުން ހިމެނެއެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީމީހުންނާއި، ގެދޮރުގެއްލިފައިވާ މީހުންނަށް އެހީތެރިވެދިނުން ހިމެނެއެވެ.

މިދިޔަ ހަފުތާގައި ރިހާނާ ވަނީ އެމެރިކާގެ އިތުރުން، ކެރީބިއަންއާއި އެފްރިކާ ބައްރުގެ ޤައުމުތަކުގައި ތިބި ކޮވިޑް-19އިން ރައްކާތެރިވުމުގެ މަސައްކަތްކުރަމުންދާ ޖަމްއިއްޔާ ޖަމާއަތްތަކަށާއި ގްރޫޕުތަކަށް 5 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައެވެ. މިއެހީ ކަނޑައަޅާފައިވަނީ، ކޮވިޑްގެ ކަންތައްތަކުގައި ފްރޮންޓްލައިންގައި ޙަރަކާތްތެރިވާ މީހުންނަށް އެހީތެރިވުމަށާއި، ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ މީހުންނާއި، ފަޤީރު މުޖުތަމަޢުތަކަށް އެހީވުމަށްކަމަށް އޭނާގެ ފައުނޑޭޝަނުން ބުނެފައިވެއެވެ.

މީގެ އިތުރަށް، ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ކުޑަކުދިންނަށް ޑެއިކެއަރގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި، ތައުލީމު އުނގެނުމަށް ބޭނުންވާ ތަކެތި ހޯދުމަށާއި، ކާބޯތަކެތި ސަޕްލައިކޮށްދިނުން ހިމެނެއެވެ. އަދި ޒުވާންކުދިންނަށް ބޭނުންވާ ލަރނިން ސެންޓަރުތައް ޤާއިމުކޮށް، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުންވެސް މި ފަންޑުގެ ތެރެއިން ކުރިޔަށްދާނެއެވެ. 20،000އަށް ވުރެ ގިނަ ކުދިންނާއި ޒުވާނުންނަށް މިއެހީ ލިބިގެންދާނެކަމަށް ރިހާނާގެ ފައުންޑޭޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
80%
20%
0%
0%
0%
ކޮމެންޓް