ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 11:07
އިސްލާމިކް ބޭންކް
އިސްލާމިކް ބޭންކް
މޯލްޑިވްސް އިސްލާމިކް ބޭންކް
ކޮވިޑް-19
ކޮވިޑް-19: އެމްއައިބީން ނަގާފައިވާ ލޯނުތަކަށް ލުއިދޭ އުސޫލުތަކަށް އެދޭނެ ގޮތް ހާމަކޮށްފި
 
އިސްލާމިކް ބޭންކުގެ ވިޔަފާރިއާއި ގުޅޭ އެކި އެކި ފައިނޭންސިންގ ފެސިލިޓީސްތައް ނަގާފައިވާ ކަސްޓަމަރުން، ކޮވިޑް-19 ސަޕޯރޓް އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރުމަށް ފަހު އީމެއިލްކުރުމަށް ވަނީ އެދިފައި

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ން ސަރުކާރުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިޢުލާންކޮށްފައިވާ ސަޕޯރޓް ޕްލޭނާއި އެއްގޮތްވާ ގޮތުގެމަތިން ކަސްޓަމަރުންނަށް އެކަށައަޅާފައިވާ އުޞޫލުތައް ހާމަކޮށްފި އެވެ.

އެކަމާއި ގުޅިގެން އެމްއައިބީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ބިޒްނަސް އަދި ކޯޕަރޭޓް ކަސްޓަމަރުން އިސްލާމިކް ބޭންކުގެ ވިޔަފާރިއާއި ގުޅޭ އެކި އެކި ފައިނޭންސިންގ ފެސިލިޓީސްތައް ނަގާފައިވާ ކަސްޓަމަރުން، ކޮވިޑް-19 ސަޕޯރޓް އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރުމަށް ފަހު [email protected] އަށް މެއިލް ކުރުމަށެވެ. އެޕްލިކޭޝަން ފޯރމް ލިބުމުން، ބޭންކުގެ ބިޒްނަސް ޓީމުން އެފަރާތަކާއިއެކު މަޝްވަރާކޮށް އަދި އިންޓަރނަލް އެސަސްމަންޓެއް ހެދުމަށް ފަހު އެންމެ އެކަށޭނަ ލުއި ގޮތްތަކެއް ކޮންމެ ފަރާތަކަށްވެސް ވަކިވަކިން ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އެމްއައިބީން ބުނެއެވެ.

އަދި ކޮވިޑް ސަޕޯރޓް އެޕްލިކޭޝަން ފޯރމް އެބޭންކުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެމްއައިބީން ބުނެއެވެ. ރީޓެއިލް އަދި ކޮންޒިއުމަރ ކަސްޓަމަރުން އިސްލާމިކް ބޭންކް އިން ރީޓެއިލް އަދި ކޮންޒިއުމަރ ފައިނޭންސިންގ ފެސިލިޓީސްތައް ނަގާފައިވާ ކަސްޓަމަރުން، ކޮވިޑް-19 ސަޕޯރޓް އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލްކުރުމަށް އެމްއައިބީން އެދެއެވެ. އެޕްލިކޭޝަން ފޯރމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހަމައަށް ލިބުމުން ކޮންމެ އެޕްލިކޭޝަނެއް ވަކިވަކިން އިވޭލުވޭޓުކޮށް ކުރިއަށް ދާންވީގޮތް އަންގަމުން ގެންދާނެކަމަށް އެމްއައިބީން ބުނެއެވެ.

ކޮވިޑް-19 ސަޕޯރޓް އެޕްލިކޭޝަން ފޯރމްވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށާއި އެޕްލިކޭޝަން ފޯރމްގެ ލިންކް mib.shor.tn/covidsupportform އިން އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ [email protected] އަށް މެއިލް ކުރުމަށް އެމްއައިބީން ވަނީ އެދިފައެވެ.

މިދަނޑިވަޅުގައި ބޭރަށް ނިކުމެއުޅުން ވީހާވެސް މަދުކުރުމަށް ސަރުކާރުން އަންގާފައިވާތީ ގޭގައި ތިބެގެން ހިދުމަތް ހޯދަން ބާރުއެޅުމުގެ ގޮތުން އެ ބޭންކުން ނިންމި ނިންމުމެއްކަމަށް އެބޭންކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް