ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 09:45
ޖޭއެސްސީގެ މެމްބަރުން
ޖޭއެސްސީގެ މެމްބަރުން
ޝުއައިބް މުހައްމަދު އިގްބާލް
ކޮވިޑް-19
ކޮވިޑް-19: ޖޭއެސްސީގެ މުވައްޒަފުންނަށް ވެސް ގޭގައި ތިބެގެން މަަސައްކަތް ކުރުމުގެ ފުރުޞަތު
 
މި އުސޫލަށް މިއަދު އަމަލުކުރަން ފަށާފައިވޭ

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުންނާއި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްތައް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު އޮފީސްތައް ބަންދު ކޮށްފައިވާ މި ދަނޑިވަޅުގައި، މި ޙާލަތު އިތުރަށް ދިގު ދެމިގެން ދިއުމުގެ ފުރުޞަތު އޮތުމުން އެ ކޮމިޝަނުގެ މަސައްކަތްތައް މެދުކެނޑުނަ ނުދިނުމަށްޓަކައި އެ ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ގޭގައި ތިބެގެން ރަސްމީ މަސައްކަތްތައް ކުރިއަށް ގެންދަން އެކަމާ ބެހޭ އުޞޫލެއް އެކުލަވާލާފައިވާ ކަމަށެވެ.

ޢާންމުންނަށް ފޯރުކޮށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި އެ ކޮޮމިޝަނަށް ފޮނުވާ ހުރިހާ ލިޔުންތަކެއް އީމެއިލް މެދުވެރިކޮށް ފޮނުވުމުން އެ ލިޔުންތައް ބަލައިގަނެ، މަސައްކަތްތައް ކުރިއަށް ގެންދަން ވެސް، ނިންމާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައިވާ ގޮތުން މި ޙާލަތު ދިގު ދެމިގެން ދިޔަޔަސް، ކޯޓުތަކުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށްވާތީ އެ ކޮމިޝަނާއި، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުތަކާ އެކު މަޝްވަރާކޮށް، ކޯޓުތަކަށް ބޭނުންވާ ވަޞީލަތްތަކާއި އިންތިޒާމުތައް ދެނެގަތުމަށް ވެސް ނިންމާފައިވާ ކަމަށް ޖޭއެސްސީ އިން ބުނެއެވެ.

ޖޭއެސްސީން އެގޮތަށް ނިންމިއިރު، ކޯޓުތަކުން ވެސް ވަނީ ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުުގައި މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމުތައް ހަމަޖައްސައިފައެވެ. އެކަމަކު ބަންދާ މެދު ގޮތެއް ނިންމުމާއި ކޮންމެހެން ބާއްވަންޖެހޭ ޝަރީޢަތްތައް ނޫން އެހެން ޝަރީޢަތްތައް އެ މުއްދަތުގައި ނުބާއްވާނެ އެވެ.

މި އުޞޫލަށް މިއަދު ޢަމަލުކުރަން ފަށާފައިވާއިރު އެ އުޞޫލުގެ ދަށުން މުވައްޒަފުންނަށް ފަސޭހަ ވަގުތުތަކުގައި ކަނޑައެޅޭ ވަކި ޓާގެޓަކަށް މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް