ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 08:50
އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު
އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ލޮކްޑައުންގައި ރަންބީރާއި އާލިއާ އުޅެނީ އެއްކޮށް؟
 
2018 ވަނަ އަހަރުން ފެށިގެން އާލިއާ އާއި ރަންބީރު ދަނީ ޑޭޓްކުރަމުން

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކޮށްފައިވާއިރު ބޮލީވުޑް ގިނަ ތަރިން ދަނީ އާއިލާ ނުވަތަ ލޯބިވެރިޔާ އާއި އެކު ގޭގައި ވަގުތު ހޭދަކުރަމުންނެވެ.

ބޮލީވުޑްގެ ދެ ލޯބިވެރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ވަނީ އެކުގައި ފެންނަ ވީޑިއޯއެއް ދާދިފަހުން ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ.

މި ވީޑިއޯއިން ފެންނަފެނުމަށް އެދެމީހުން ޖިމް ހެދުމުގައި ހިނގާފައި ދަނީ ބޭރުތެރެއިން ނޫން ކަން ޔަގީންވެއެވެ. ފެންނަ ފެނުމަށް އެއް އިމާރާތެއްގެ ކޮރިޑޯކަމަށް ރިޕޯޓުތައް ބުނެއެވެ. މި ދެތަރިންނާއެކު ގެންގުޅޭ ޕެޓް ޑޯގް ފެނިގެންދެއެވެ.

ކޮންމެއަކަސް އާލިއާގެ ވެސް އަދި ރަންބީރުގެ ވެސް އަމިއްލަ އެޕާޓްމަންޓެއް ހުންނައިރު މިއީ ކާކުގެ ގެއެއްކަން ޔަގީނެއް ނުވެއެވެ. އާލިއާ އާއި ރަންބީރު ލޯބީގެގޮތުން ގުޅިފައިވަނީ 2018ވަނަ އަހަރުއެވެ.

އަދި މި ދެތަރިން އަންނަ ޑިސެމްބަރުގައި ކައިވެނި ކުރަން އުޅޭކަމުގެ އަޑުވެސް ވަނީ ފެތުރިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް