ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 08:47
ގދ.ހޯނޑެއްދޫ / އަލޯރާ ، އަރުޝަދު ޚާލިދު
ގދ.ހޯނޑެއްދޫ / އަލޯރާ ، އަރުޝަދު ޚާލިދު
ފޭސްބުކް
އަރުޝަދު
އަރުޝަދުގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފި
 
އަރުޝަދު ޚާލިދުގެ މައްޗަށް ޑައަމޯފިން ޓްރެފިކްކުރުމުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވޭ

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގދ.ހޯނޑެއްދޫ، އަލޯރާ އަރުޝަދު ޚާލިދު ގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވަނީ ކޯޓުން އަންގާރަ ދުވަހު އޭނާ ދޫކޮށްލި މައްސަލަ ރިވިއުކޮށްދިނުމަށް ޕީޖީއަށް ފުލުހުން އެދުމުން ޕީޖީ މެދުވެރިކޮށް އެ މައްސަލަ ރިވިއުކުރުމަށް ބުދަ ކުރިމިނަލްކޯޓްގައި ބޭއްވި އަޑުއެހުމުގައެވެ.

ފުލުހުން ބުނީ މިއަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހު ޑްރަގް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ގދ.ހޯނޑެއްދޫ / އަލޯރާ ، އަރުޝަދު ޚާލިދު އިތުރު ބަޔަކާއި ގުޅިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ، އެތަކެތީގެ ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ތަހްޤީގު ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވިފައިވާ މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ވަނީ އަރުޝަދު ޚާލިދުގެ މައްޗަށް ހޯމަ ދުވަހުގެ ވަގުތެއްގައި ޑައަމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

މިމައްސަލާގައި ފުލުހުން ބަލާފާސްކުރުމަށްފަހު 09 ކިލޯއަށްވުރެ ގިނަ ޑައަމޯފިން (ހެރޮއިން) އާއި 04 ގްރާމަށް ވުރެ ގިނަ ކޮކެއިން ފެނިފައިވެއެވެ. މިމައްސަލާގައި ކުށުގެ ވެށިން ގިނަ ޢަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.

އަދި އޭގެ އިތުރުން މިމައްސަލާގައި ހިމެނޭ އަރުޝަދު ޚާލިދުގެ ނަމުގައިވާ ހުޅުވާފައިވާ ބޭންކް އެކައުންޓްތަކުގައިވާ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަޙުޤީޤަށް ތުހުމަތުކުރެވޭތީ ކްރިމިނަލް ކޯޓު ޢަމުރެއްގެ ދަށުން ވަނީ ފްރީޒްކުރެވިފައެވެ. މިމައްސަލާގައި ގާތްގަޑަކަށް 4.6 މިލިއަން ރުފިޔާ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
75%
0%
0%
0%
25%
ކޮމެންޓް
ގުޅުންހުރި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ
އިނގިރޭސި ލީގު ބަލަން ވަން މީހުންގެ 28 ޕަސެންޓަކީ އަންހެނުން