ކ. މާލެ
|
1 އޭޕްރިލް 2020 | ބުދަ 05:07
މާލެގައި ހިންގާ ފިހާރައެއް
މާލެގައި ހިންގާ ފިހާރައެއް
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ހުރިހާ ފިހާރައެއް ރޭގަނޑު 11 ޖަހާއިރު ބަންދުކުރަން އަންގައިފި
 
ޓޭކްއަވޭގެ ޚިދުމަތް، ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 އަށް މެދުކަނޑާލަން ވަނީ އަންގާފައި

ބުރާސްފަތި ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ، ވިލިމާލޭގެ އިތުރުން ހުޅުމާލެ ސަރަހައްދުގައި ހިންގާ ފިހާރަަތައް ރޭގަނޑު އެގާރަ ޖަހާއިރު ބަންދުކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ވަނީ، މާލެ ސަރަހައްދުގައި ހިންގާ ކެފޭ، ރެސްޓޯރެންޓް، ހޮޓާ ފަދަ، އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ އެންމެހައި ތަންތަނުން ދޭ ޓޭކްއަވޭގެ ޚިދުމަތް، ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 އަށް މެދުކަނޑައިލުމަށް ވަނީ އަންގާފައެވެ.

އެޗްޕީއޭގެ ބަޔާނުގައި ވަނީ، މާލެ ސަރަހައްދުގައި ހިންގަމުންދާ ޢިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތައް، ހަވީރު 5:00 އިންފެށިގެން ހެނދުނު 6:00 އަށް މެދުކަނޑައިލުމަށް ވެސް އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް