އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ކޮވިޑް-19

ކޮވިޑް-19: ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ތިން ގަަަަަޑިއިރަށް ކާފިޔު ހިންގަނީ

  • 10 ފަރާތެއް އިސްތިސްނާވޭ
  • ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި
  • ޕަބްލިކް ޓްރާންސްޕޯޓް ވެސް ވަނީ މަނާކޮށްފައި

ކ. މާލެ | 1 އޭޕްރިލް 2020 | ބުދަ 04:33 | 117,371

ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވުން ވަނީ މަނާކޮށްފައި - ޔޫސުފް ސޮފްވާން ރަޝީދު

ބުރާސްފަތި ދުވަހުން ފެށިގެން ހަވީރު ފަހަކުން ރޭގަނޑު އަށަކަށް ވަކިގޮތެއް އަންގަންދެން މާލެ، ހުޅުމާލެ، ވިލިމާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުމާއި އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.

އަންގާރަ ދުވަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ނިންމުން ނިންމާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ.

އެގޮތުން ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުމާއި، ޕަބްލިކް ޓްރާންސްޕޯޓް (ބަހާއި ފެރީ) ގެ ހިދުމަތް ހުއްޓައިލަން އަންގާ ކަމަށެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރް ވަނީ އެ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި، އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓައިލުމަށް އަންގާފައެވެ.

އެ ފިޔަވަޅުތަކުން އިސްތިސްނާވާ ފަރާތްތައް

  1. ސަލާމަތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  2. ސިއްހީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  3. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  4. އުރީދޫ، ދިރާގު، ބޭންކުތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ
  5. މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  6. ދައުލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ) އުޅަނދުފަހަރު.
  7. ޑިޕްލޮމެޓިކް އުޅަނދުފަހަރު.
  8. އެމްބިއުލަންސް.
  9. ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް.
  10. ހެލްތް ޕްރޮޓެކްޝަން ޔުނިޓުން ދޫކޮށްފައިވާ ހާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައް

ރާއްޖޭގައި ވަނީ 30 ދުވަހުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފަރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.