ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 23:23
ފަތުރުވެރިންތަކެއް ފުރަންވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި
ފަތުރުވެރިންތަކެއް ފުރަންވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި
ބިޒްނަސް އިންސައިޑަރ
ކޮވިޑް-19
ކޮވިޑް-19: މިސްރުގެ 95 މީހަކު ރާއްޖޭގައި ތާށިވެފައި
 
އެމީހުން ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ އިމިގްރޭޝަނުން ބުނި

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި މިސްރުގެ 95 މީހަކު ގައުމަށްދާން ބޭނުންވެގެން އެހީއަށް އެދިފައިވާ ކަމަށް މިސްރުގެ އިމިގްރޭޝަނުން ބުނެފިއެވެ.

މިސްރުގެ އިމިގްރޭޝަން އެންޑް އެކްސްޕެޓްރިއޭޓް އެފެއާސް މިނިސްޓަރު ނަބީލާ މަކްރަމްއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުން ގައުމަށް އަނބުރާ ނުދެވި ތިބީ ޗުއްޓީ އަށް ރާއްޖެއ އައިސް ތިބި މީހުންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ މީހުން ކަމަށެވެ. އޭގެތެރެއިން ބައެއް ފަތުރުވެރިން ތިބި ތަނުން ދޫކޮށް ދިޔުމަށް އަންގާފައިވާ ކަމަށް މިސްރުގެ އިމިގްރޭޝަނާއި ހަވާލާދީ އެ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

މަކްރަމް ވިދާޅުވީ، އެެހެން ގައުމުތަކުގައި ތިބި މިސްރުގެ މީހުން އަނބުރާ ގައުމަށް ގެންދިޔުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން ކުރަމުންދަ ކަމަށެވެ. އެގޮތުން 12،120 މީހަކު ގައުމަށްދާން ބޭނުންވެގެން އެހީއަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި