ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 23:34
ސަފާރީތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ބޭއްވި އިހުތިޖާޖްގެ ތެރެއިން
ސަފާރީތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ބޭއްވި އިހުތިޖާޖްގެ ތެރެއިން
ވޮއިސް.އެމްވީ
ކޮވިޑް-19
މިދަނޑުވަޅުގައި އެއްވެސް ސިފައެއްގައި އެއްވެ ނޫޅުމަށް ފުލުހުން އެދިއްޖެ
 
ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާއި އެއްގޮތަށް އަމަލުކުރައްވުމަށް ވަނީ އެދިފައި

އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެއްވެސް ސިފައެއްގައި މި ދުވަސްވަރު އެއްވެ ނޫޅުމަށް ފުލުހުން އެދިއްޖެ އެވެ.

އަންގާރަ ދުވަހުރޭ ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވަނީ ސުލްހަވެރިކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު ޤާނޫނު ނަމްބަރު 2013/1 ގެ 33 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަމްބަރާއި އެ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އާންމު ސިއްޚަތު ރައްކައުތެރިކޮށް ނުރައްކައުތެރި ބަލިމަޑުކަމެއް ފެތުރުނަ ނުދިނުމަށް އެންމެންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި އެއްވެސް ސިފައެއްގައި އެއްވެ ނުއުޅުމަށް ޤާނޫނުން ބާރު އަޅާ ކަމަށެވެ. އަދި ކޮވިޑް-19 ފަދަ ގައިންގަޔަށް އަރާ ނުރައްކައުތެރި ބައްޔަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ގައިދު ކުރުމަކީ މި ދަނޑިވަޅުގައި ނުހަނު މުހިއްމު ކަމެއް ކަމުގައި ހަނދުމަފުޅު އަރުވާ ކަމަށެވެ.

އާންމު ސިއްޚަތުގެ ކުއްލި ނުރައްކާ އިއުލާން ކޮށްފައިވާ މި ނާޒުކު ގަނދިވަޅުގައި އެންމެންގެ ސަލާމަތާއި ރައްކައުތެރިކަމަށްޓަކައި ހުރިހާ ބޭފުޅުންވެސް ޑައިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާއި އެއްގޮތަށް އަމަލުކުރައްވާ ޤާނޫނީ ތަރަހައިގެ ތެރެއިން އަމަލުކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
80%
0%
20%
0%
0%
ކޮމެންޓް