ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 23:27
އިންޓަނެޓް އަގުހެޔޮކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެއް
އިންޓަނެޓް އަގުހެޔޮކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެއް
ރައީސް އޮފީސް
އިންޓަނެޓް އަގުހެޔޮކުރުން
އިންޓަނެޓް އަގުހެޔޮކުރުން: މިއީ ވަގުތީގޮތުން ގެނުވުނު ބަދަލެއް!
 
އަގުހެޔޮ ޕެކޭޖް ތައާރަފް ކުރުމަށް ރައީސް ވަނީ އެދިވަޑައިގެންނެވި
 
ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އިތުރުކޮށް ކުރިޔަށް އޮތް ދެމަހަށް ދިނުމަށް ދިރާގުން ވަނީ ނިންމާފައި

އިންޓަނެޓްގެ އަގުތަކަށް ލުޔެއް ގެނެސްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާއި ގުޅިގެން ނޫން ކަމަށާއި، މިއީ ވަގުތީ ހައްލެއް ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

އިންޓަނެޓްގެ އަގުތައް ތިރިކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ އެއް ވައުދެވެ. ކޮވިޑް-19 އާ ގުޅިގެން ސަރުކާރާއި ސްކޫލްތައް ބަންދުކޮށްފައިވާތީ، ގޭގައި ތިބިގެން މަސައްކަތް ކުރުމަށް ފަސޭހަކޮށް ދިނުމުގެ ގޮތުން މިދަނޑިވަޅުގައި މުއާސަލާތީ ހިދުމަތްތައްކާއި އިންޓަރނެޓުގެ ހިދުމަތްތައް މެދުކެނޑުމެއްނެތި އަގުހެޔޮކޮށް ފޯރުކޮށްދިނުމަށް މުވާސަލާތީ ކުންފުނިތަކުގެ އެހީއަށް ސަރުކާރުން ވަނީ އެދިފައެވެ. އަދި ބައެއް ކުންފުނިތަކުން ވަނީ ކޮންމެވެސް ކަހަލަ ލުއިތަކެއް ދޭނެ ކަމަށް އިއުލާން ކޮށްފައެވެ.

މިހާރު އިންޓަނެޓް އަގުހެޔޮކޮށްފައިވަނީ ރިޔާސީ ވައުދާއި ގުޅިގެންތޯ އަންގާރަ ދުވަހު ދަރުބާރުގޭގައި ބޭއްވި ކޮންފަރެންސްގައި ނޫސްވެރިޔަކު ސުވާލުކުރުމުން ކޮވިޑް-19 އާ ގުޅުގެން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، އިންޓަނެޓްގެ އަގުތަކަށް ބަދަލު ގެނެސްފައިވަނީ މިހާރު އޮތް ހާލަތާއި ގުޅިގެން ކަމަށެވެ.

މިހާރު އިންޓަނެޓްގެ އަގުތަކަށް ގެނެވޭ ބަދަލުތައް ގެނެސްފައިވަނީ މިހާލަތާ ގުޅުގެން
މަބްރޫކް އަޒީޒް - ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު

ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ، އިންޓަނެޓަށް ގެންނަ ބަދަލުތަކުގެ ޕްލޭން އެކުލަވާލައި އެ ޕްލޭން ރައީސް އޮފީހަށް ފޮނުވާފައެެވެ. އެކަމަކު އަދި މިހާތަނަށް ސަރުކާރުން އެކަމަށް އެއްވެސް ގޮތެއް ނިންމާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
0%
25%
38%
0%
13%
ކޮމެންޓް
ގުޅުންހުރި