ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 23:31
ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ރައީސް އޮފީސް
ކޮވިޑް-19
މިއަދު ޕޮޒިޓިވްވި މީހާއަކީ އާދިއްތަ ދުވަހު ޕޮޒިޓިވްވި މީހާގެ ރޫމްމޭޓް!
 
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 18 މީހުން
 
އެދެމީހުން މާލެ އައުމަށް ދަތުރުކޮށްފައި ވަނީ އެއްކޮށް

ކޮވިޑް-19 އަށް އަންގާރަ ދުވަހު ރާއްޖެ އިން ޕޮޒިޓިވްވި މީހާއަކީ އާދިއްތަ ދުވަހު ޕޮޒިޓިވްވި މީހާގެ ރޫމް މޭޓް ކަމަށް ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރޯޔަލް އައިލެންޑް ރިސޯޓްގައި ކަރަންޓީންގައި ހުއްޓާ ޕޮޒިޓީވް ވެފައިވަނީ އާދިއްތަ ދުވަހު ޕްޒިޓިވްވެފައިވާ މީހާގެ ރޫމް މޭޓް ކަމަށާއި އެދެމީހުން މާލެ އައުމަށް ދަތުރުކޮށްފައި ވަނީ އެއްކޮށް ކަމަށެވެ.

މި ވަގުތު ކޮވިޑް-19 އަށް ފަރުވާދެމުންދާ ތިން ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް މަބްރޫކް ވިދާޅުވިއެވެ. ކުރިން ޕްޒިޓިވްވެފައިވާ މީހުންގެ ތެރެއިން ރާއްޖޭގައި ފަރުވާ ދެވުނު ހުރިހާ ބިދޭސީންވެސް ވަނީ މި ވައިރަސް އިން ނެގެޓިވްވެފައި ކަމަށާއި އެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް -19 އަށް ޕޮޒިޓިވް ވެފައިވަނީ 18 މީހުންނެވެ. އެއީ 15 ބިދެސީންނާއި 3 ދިވެހިންނެވެ. މިހާތަނަށް ރާއްޖެއިން 1137 ސާމްޕަލް މީހުންގެ ސާމްޕަލް ނެގިފައިވާއިރު 1114 ސާމްޕަލް ވަނީ ނެގެޓިވް ވެފައެވެ. 5 ސާމްޕަލްގެ ނަތީޖާ ޕެންޑިގައި ހުރި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ވެލިދޫ އައިސޮލޭޝަންގައި މިވަގުތު 16 މީހުން ތިބިއިރު ކަރަންޓީން ފެސިލިޓީސްތަކުގައި ޖުމްލަ 866 މީހަކު އެބަ ތިބިކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
14%
14%
29%
29%
0%
14%
ކޮމެންޓް