ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 21:54
އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ ގޭޓްވިކް އެއާޕޯޓް
ފޭސްބުކް
ކޮވިޑް-19
މާޗް މަހުގެ 14-19 އާ ދެމެދު ޔޫކޭއިން އައި މީހުން ކޮވިޑް-19 އަށް ޓެސްޓުކުރަނީ
 
ރާއްޖެއިން ކޮވިޑް-19 އަށް 18 މީހަކު ވަނީ ޕޮޒިޓިވްވެފަ
 
ޔޫކޭއިން އައި ތިން ދިވެއްސަކު ވަނީ ޕޮޒިޓިވްވެފައި
 
50 ވަރަކަށް މީހުން އައިސްފައިވޭ: މަބްރޫކް

މާޗް މަހުގެ 14 ވަނަ ދުވަހާއި 19 ވަނަ ދުވަހާ ދެމެދު އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިން ސްކްރީނިންކޮށް ކޮވިޑް-19 އަށް ޓެސްޓު ހަދަން ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ނިންމައިފިއެވެ.

އިނގިރޭސިވިލާތުން ރާއްޖެ އައި ތިން ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެ އެންމެންވެސް ބައްޔަށް ޕޮޒިޓިވްވެވެފަައިވަނީ ކަރަންޓީނުގައި ތިއްބާއެވެ.

އަންގާރަ ދުވަހު އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މި މަހުގެ 14 އާއި 19 އާ ދެމެދު އިނިގިރޭސިވިލާތުން އައި އެންމެންގެ ކޮންޓެކްޓް ޓްރޭސިންނާ, އެމީހުންގ ޓެސްޓްތައް ހެދުމަށް ޓެކްނިކަލް އެެޑްވައިޒަރީ ގްރޫޕުގެ ނިންމާފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އެ މުއްދަތު ތެރޭގައި 50 އެއްހާ މީހުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އެންއީއޯސީން ބުނީ، އެ އެންމެންގެ ކޮންޓެކްޓް ޓްރޭސިން ހަދަނީ ''ކޮމިއުނިޓީ ސްޕެރަޑަށް'' ދިޔުމުގެ ފުރުސަތު ނުދިޔުމަށް ކަމަށެވެ.

ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން އިނގިރޭސިވިލާތުން ރާއްޖެއައުން މަނާކޮށްފައިވަނީ މާޗް މަހުގެ 19 ވަނަ ދުވަހުން ފެށިގެންގެންނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް 18 މީހަކު ވަނީ ޕޮޒިޓިވްވެފައެެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
50%
0%
50%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
ރަމަޟާންމަހު ފަހު 10ގައި ބީއެމްއެލްއިން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި