އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ދިރާގު

ރައީސްގެ އެދިލެއްވުމަށް ދިރާގުން އިޖާބަދީ، އިންޓަނެޓްގެ ހިދުމަތަށް ބޮޑު ލުޔެއް ގެނެސްފި

  • 2 މަހަށް އިތުރު އެލެވަންސްތަކެއް ދިނުމަށް ވަނީ ނިންމާފައި
  • މި ހުރިހާ ހިދުމަތުގެ ތަފްސީލް ތަފްސީލް ދިރާގު ވެބްސައިޓްގައި ޝާޢިއު ކުރެވޭނެ
  • މާރޗް މަހުން ފެށިގެން ދިރާގުން ދިޔައީ ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުން

ކ. މާލެ | 31 މާރޗް 2020 | އަންގާރަ 19:17 | 180,937

ދިރާގު - ދިރާގު

ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އިތުރުކޮށް ކުރިޔަށް އޮތް ދެމަހަށް ދިނުމަށް ދިރާގުން ނިންމައިފިއެވެ.

މިކަން ހާމަކޮށް ދިރާގުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކޮށް، އަދި ގިނަ އަދަދެއްގެ މީހުން މިދުވަސްވަރު ގޭގައި މަޑުކުރަން ޖެހުމުގެ ސަބަބުން ކިޔެވުމަށާއި، އޮފީސް މަސައްކަތްކުރުމަށާއި، ޢާއިލާއާއި ރައްޓެހިންގެ ޙާލުބެލުމަށާއި، ވަގުތުން ވަގުތަށް މައުލޫމާތު ހޯދުމާއި މުނިފޫހި ފުލުވުމަށް އިންޓަނެޓަށް ބަރޯސާވުން އިތުރުވެފައިވާކަމަށެވެ.

އެގޮތުން މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އެންމެ މުހިންމުވެފައިވާ އެއް ޚިދުމަތް ކަމަށްވާ އިންޓަނެޓް ބޭނުންކުރުމަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، މާރިޗް މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސް އަދި ޑިސްކައުންޓް ދެމުން އަންނަކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން، ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ދިރާގުން މިއަދު ވަނީ ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އިތުރުކޮށް ކުރިޔަށް އޮތް ދެމަހަށް ދިނުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން، ހުރިހާ ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް ހިލޭދޭ ޑޭޓާ އެލަވަންސް އިތުރުކޮށްދެވުމުން، 70% އަށްވުރެ ގިނަ ކަސްޓަމަރުންނަށް ލިބޭ އެލަވަންސް މަދުވެގެން ދެގުނައަށް އިތުރުވެގެންދާނެކަމަށާއި މޯބައިލް ކަސްޓަމަރުންނަށް ހިލޭދޭ ޑޭޓާ އިތުރުކޮށް ދިނުމުން، ދިރާގުގެ ހުރިހާ މޯބައިލް ކަސްޓަމަރުންނަށް މަދުވެގެން %50 އިތުރު ޑޭޓާ ހިލޭ ލިބިގެންދާނެކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް:

  • ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50 އާއި %140 އާ ދެމެދުގެ އަދަދަކަށް ޑޭޓާ އެލަވެންސް އެޕްރިލް އަދި މެއި މަހުގައި ދިނުމަށްވަނީ ނިންމާފައިއެވެ.
  • ހަމައެއާއެކު، މާރިޗް މަހު ހުރިހާ ބޫސްޓަރތަކަށް ދީފައިވާ %50 ޑިސްކައުންޓް އެޕްރީލު މަހުގައިވެސް ލިބިގެންދާނެއެވެ.

މޯބައިލް ކަސްޓަމަރުންނަށް:

  • ދިރާގު ޕޯސްޑްޕެއިޑް ކަސްޓަމަރުންނަށް އެޕްރިލު އަދި މެއި މަހު %50 އާއި %75 އާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އެލަވަންސް ދޭންވަނީ ނިންމާފައިއެވެ.
  • ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން އެޕްރީލު އަދި މެއި މަހު ބައްލަވައިގަންނަވާ މަންތްލީ ޑޭޓާ އެޑް-އޮން އަށް %50 އިތުރު ޑޭޓާ ދޭން ވަނީ ނިންމާފައިއެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގާއިމުކޮށްފައިވާ ހުރިހާ ޓާސްކްފޯސް އޮޕަރޭޝަން ސެންޓަރުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށާއި، އުންމީދުކުރަނީ، ފޯރުކޮށްދީފައިވާ އިތުރުކުރެވުނެ ހިލޭ ޑޭޓާގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

އެކިއެކި ޕެކޭޖްތަކަށް ދޭ އެލަވަންސް، ބޫސްޓާރސް އަދި އެޑްއޯންސްއަށް ދޭ ޑިސްކައުންޓްގެ ތަފްސީލް ދިރާގު ވެބްސައިޓްގައި ޝާޢިއު ކުރެވޭނެކަމަށް ދިރާގުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.