ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 18:18
އުރީދޫ މޯލްޑިވްސްގެ ސްޓާފުން
އުރީދޫ މޯލްޑިވްސްގެ ސްޓާފުން
ޓްވިޓަރ
އުރީދޫ
ކޮވިޑް-19: އުރީދޫގެ ސުޕަރނެޓް ކަސްޓަމަރުންނަށް ދުވާލަކު 5 ޖީބީ ޑޭޓާ ހިލޭ!
 
މިއީ ސުޕަރނެޓް ކަސްޓަމަރުންނަށް ތައާރަފް ކޮށްފައިވާ %25 ހިލޭ ލިބޭ ޑޭޓާ އެލަވަންސްގެ އިތުރުން ލިބޭ އެލަވަންސްއެއް
 
މި އޮފަރ ގެ މަގްސަދަކީ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމުގައި އަންލިމިޓެޑް ތަޖުރިބާއެއްދިނުން

އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ކަސްޓަމަރުން ނަންގަވައިފައިވާ ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، ދުވާލަކަށް 5 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށް އިއުލާނުކޮށްފިއެވެ.

އުރީދޫއިން ބުނީ ކޯވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެގޮތުން، ދިވެހި ސަރުކާރާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އެގޮތުގެ މަތިން، މި އޮފަރ ތައާރަފްކުރެވިފައި ވަނީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރަންޖެހިފައިވުމާއެކު، އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދެއްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ޞާލިހު ވެފައިވާ އެދިލެއްވުމަކަށެވެ.

މި އޮފަރ ގެ މަގްސަދަކީ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމުގައި އަންލިމިޓެޑް ތަޖުރިބާއެއްދިނުމެވެ.

އެގޮތުން، ނަންގަވާފައިވާ ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހުސްވުމާއެކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިލޭ ޑޭޓާ އެލަވަންސް އެކްޓިވޭޓްވެ، މެދުކެނޑުމެއްނެތި އިންޓަނެޓްގެ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމަށާއި ސުޕަރނެޓް ކަސްޓަމަރުން ނަންގަވާފައިވާ ޕްލޭންގެ ޑޭޓާ އެލަވަންސް ބޭނުންކުރެވުމާއެކު، 5 ޖީބީ ގެ އެލަވަންސް ކޮންމެ 24 ގަޑިއިރުން އެއްފަހަރު އަލުން އެކްޓިވޭޓްވެގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

މި އެލަވަންސްއަކީ ކޯވިޑް-19 އާއި ގުޅިގެން ސުޕަރނެޓް ކަސްޓަމަރުންނަށް ތައާރަފް ކޮށްފައިވާ %25 ހިލޭ ލިބޭ ޑޭޓާ އެލަވަންސްގެ އިތުރުން ލިބޭ އެލަވަންސްއެކެވެ. މި ޙާއްސަ އޮފރ އޭޕްރިލް މަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި އޮފަރ ގެ އިތުރުން އުރީދޫ މޯލްޑިވްސްއިން ދަނީ އަގަކާ ނުލާ، ކޯވިޑް-19 ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް އެހީ ވުމުގެ ގޮތުން އިތުބާރުހިފޭ ހަލުވި އިންޓަނެޓް ފޯރުކޮށް، ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް އިތުރު މަސައްކަތްތަކެއްވެސް ކުރަމުންނެވެ.

މޯބައިލް ޑޭޓާ ބޭނުންކުރެވޭ މިންވަރު މަދުކުރުމަށް ފަސޭހައިން އެޅިދާނެ ފިޔަވަޅުތައް:

  • ކޯވިޑް-19 ޓާސްކްފޯރސް ސެންޓަރުތަކަށް ހިލޭ އިންޓަނެޓް ފޯރުކޮށްދިނުން.
  • މަޖުބޫރީ އެކަހެރިކަމުގަ އާއި ކަރަންޓީންގައި ތިބި މީހުންނަށް ހިލޭ އިންޓަނެޓް ފޯރުކޮށްދިނުން.
  • މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް ހާއްސަ ޕްލޭނެއް ތައާރަފް ކުރުން މި ޕެންޑެމިކް އާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ވަނީ އުރީދޫގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް 25% ބޯނަސް ޑޭޓާ ލިބޭ ހާއްސަ އޮފަރ އެއް ތައާރަފްކުރުން.

ކޯވިޑް-19 އިން ރައްކާތެރިކަން ހޯދުމަށް ކުދިންގެ ކިޔެވުމާއި، ކުންފުނިތަކުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި، މީޓިންގްތައްވެސް ޑިޖިޓަލްކޮށް ކުރިޔަށް ގެންދަން ޖެހިފައިވުމާއެކު، ދިމާވާ ދަތިތަށް ލުއިކޮށްދިނުމުގެ މަގްސަދުގައި އުރީދޫ މޯލްޑިވްސްއިންދަނީ އިތުރަށްވެސް މަސައްކަތްކުރަމުންކަމަށް ކުންފުނިން ބުންޏެވެ.

އަޅުގަނޑުމެންގެ އާއިލާތަކާއި ވިޔަފާރިތަކުން، މީގެ ކުރިން ލަފާވެސްކުރެވިފައިނުވާ ގޮންޖެހުންތަކާއި ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި، ގޭގައި ތިބެގެން ހުރިހާކަމެއް ހަމަޖެއްސުމުގައި އަޅުގަނޑުމެންގެ ފަރާތުން އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އަރުވަން. މުޅި ދުނިޔެއަށް ބެލިކަމުގައިވިޔަސް، އާއިލާތަކާއި ވިޔަފާރިތަކަށް ކުރިމަތިލާން ޖެހިފައި މިވަނީ މީގެ ކުރިން ތަޖުރިބާކޮށްފައިނުވާ އާ ގޮންޖެހުމަކާ. އަޅުގަނޑުމެންވެސް މިކަންކަމާއި ކުރިމަތިލާ ހިނދު، އެންމެ މުހިއްމު އިސްކަމެއް ދޭނީ އެންމެ އެކަށޭނެ ޚިދުމަތްތައް މެދުވެރިކޮށް ކޮވިޑް-19 ގެ އަސަރުކޮށްފައިވާ އެންމެހާ ފަރާތްތަކަށް އެޙިތެރިވުމަށް. މި ނާޒުކު ދަނޑިވަޅުގައި އެންމެހާ ފަރާތްތައް ގުޅުވައިދިނުމަށްޓަކައި، އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވަން." "މި ހާލަތުގައި އިންޓަނެޓްގެ ބޭނުން އެންމެ އެދެވޭގޮތުގައި ބޭނުންކުރުމަށް ކަސްޓަމަރުންނަށް އަޅުގަނޑު އިލްތިމާސްކުރަން. ރާއްޖޭގެ އެކިކަންކޮޅުތަކުގައި، އާއިލީ ގުޅުން ދެމެހެއްޓުމަށާއި، ވިޔަފާރި ހިންގުމަށާއި، ޑޮކްޓަރުންގެ ޚިދުމަތް އޮންލައިނންކޮށް ހޯދުން ފަދަކަންކަމަކީ އިންޓަނެޓްގެ ވަސީލަތްތަކަށް ބަރޯސާވާ ކަންކަން. ބްރޯޑްބޭންޑަކީ ކަނޑައެޅިފައިވާ ވަކި ވަރަކަށް ލިބިފައިވާ ރިސޯސްއެއް. ވަކިން ހާއްސަކޮށް، ބޭނުންކުރެވޭ ނިސްބަތް ކުރުމުއްދަތެއްގެ ތެރޭގައި މަތިވަމުންދާނެ މި ފަދަ ހާލަތްތަކުގައި، އެންމެ ގިނަ ފަރާތްތަކަށް ފައިދާކުރާނެގޮތަށް، އެންމެ އެދެވޭގޮތުގައި އިންޓަނެޓްގެ ބޭނުން ހިފުމަށް އަޅުގަނޑު އެދެން. އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުންޏެއްގެ ގޮތުން، މި ފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ކެޕޭސިޓީ އިތުރުކުރުމަށް އަޅުގަނޑުމެން ވަނީ ވަރަށް ގިނަ އިންވެސްޓްމަންޓްތަކެއްކޮށްފައި. ހުރިހާ ވަގުތެއްގައިވެސް ޔަގީންކަމާއި އެކު އަޅުގަނޑުމެންގެ މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ޓީމަށް ޝުކުރު އަދާކުރަން. ރާއްޖޭގައި އުރީދޫ ގާއިމްވީއްސުރެ، ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ކުރަމުންދާ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބިކަމުގެ ޔަގީންކަން އަރުވަން.
އުރީދޫގެ ސީއީއޯ އަދި އެމްޑީ، ނަޖީބް ޚާން

ސަރުކާރުގެ އެދިލެއްވުމާއި އެކު، އުރީދޫ އިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަންކަމުގެ ތެރޭގައި:

  • ހުޅުވާފައި ހުންނަ އެޕުތައް ލެއްޕުން (ކްލޯޒްކުރުން)
  • މުހިއްމުނޫން ބޭނުން ނުކުރާ އެޕުތައް ފޮހެލުން
  • ބެކްގްރައުންޑް ޑޭޓާ ބޭނުންނުކުރާ ގޮތަށް ފޯނުގެ ސެޓިންގ ބަދަލުކުރުން
  • ނެޓްފްލިކްސް، ޔޫޓިއުބް ފަދަ އެޕުތަކުން ސްޓްރީމް ކުރާ ފެންވަރު ދަށްކުރުން
  • ޔޫޓިއުބް، ފޭސްބުކް، އަދި އިންސްޓަގްރާމުން އަމިއްލައަށް ވީޑިއޯ ޕްލޭ ނުކުރާގޮތް ހެދުން

އުރީދޫއިން ބުނީ ޓީވީ ބެލުމުގެ ފުރުސަތު އޮތް ހާލަތްތަކުގައި ސްޓްރީމް ނުކޮށް ޓީވީ އިޙްތިޔާރު ކުރުން ކޯވިޑް-19 ޕެންޑެމިކް އާއި ގުޅިގެން، ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އުރިދޫ މޯލްޑިވްސް އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
13%
38%
38%
13%
0%
ކޮމެންޓް
31 މާރޗް 2020 | އަންގާރަ 18:56
ސަލީމު
އޫރީދޫ އަކީ ދިވެހިރައްޔިތުން ލޭބޯ ތަނެއް ، އަޅުގަނޑަކީ މަހަކު 2700 ރުފިޔާ ޕޯސްޕެއިޑަށް ދަށްކަަމުން އަންނަ ކަސްޓަމަރެއް، ކޮބާ އަޅުގަނޑުމެން ޕޯސްޓްޕެއިޑް ބޭނުން ކުރާފަރާއިތަކަށް ދޭ ޚިދުމަތް