ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 18:28
ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުން
ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުން
ސީ.އެން.އެން
ކޮވިޑް-19
ޔޫކޭގައި ވަޒީރުންގެ މަޖިލިސް ބޭއްވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް
 
ބަލި ޖެހުނު މީހުންގެ ތެރެއިން 135 މީހުން ވަނީ ބަލިން ފަސޭހަވެފަ
 
އިނގިރޭސި ވިލާތުގައި މިހާތަނަށް ކޮވިޑް-19 ގެ 22,141 ކޭސް ރިޕޯޓުކޮށްފައިވޭ

އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަންގެ ކެބިނެޓު ބައްދަލުވުން ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވައިފިއެވެ.

އަންގާރަ ދުވަހު އޮތް ކެބިނެޓް ބައްދަލުވުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވުމަށް ނިންމީ އެގައުމުގެ ސަރުކާރުގެ ގެ ބައެއް އޮފިޝަލުންވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. ބޯރިސް ރިޔާސަތުގައި އިންނަވައިގެން ކުރިއަށް ގެންދެވި މި ބައްދަލުވުމުގައި ހުރިހާ މިނިސްޓަރުންނާއި ވާހަކަދެއްކެވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

އަންގާރަ ދުވަހު ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ކޮވިޑް-19 އާއި ގުޅިގެން މިހާރު އިނގިރޭސި ވިލާތް އޮތް ހާލަތާއި މެދުއެވެ. އެގައުމުގައި ކޮވިޑް-19 ޖެހިގެން މަރުވަމުންދާ މީހުންގެ އަދަދު އިތުރު ވަމުންދާ ކަން ފާހަގަކުރައްވާ ބޯރިސް ވަނީ ގޭގައި ތިއްބަވާ، އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓުމަށް ގޮވާލައްވާފައެވެ.

ހާލަތު ރަނގަޅުވާނީ ހާލަތު ގޯސްވެފައި.
ބޯރިސް

އިނގިރޭސިވިލާތުގެ ސަރުކާރުގެ ގިނަ އޮފިޝަލުންނަށް މި ބަލި ޖެހިފައިވާއިރު ބޮޑުވަޒީރު ބޯރިސް ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި އެގައުމުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

އިނގިރޭސި ވިލާތުގައި މިހާތަނަށް ކޮވިޑް-19ގެ 22,141 ކޭސް ރިޕޯޓުކޮށްފައިވާއިރު މިބަލި ޖެހިގެން 1408 މީހުން މަރުވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 135 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް