ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 23:36
ކަންގަނާ ރަނައުތް
ކަންގަނާ ރަނައުތް
ގެޓީ އިމޭޖަސް
ބޮލީވުޑް
ސަންޖޫ ކުޅުމަށް ހެށަހެޅުން ލިބުނު ކަމަށް ކަންގަނާ ބުނެފި
 
މަދޫބާލާގެ ހަޔާތުގެ މައްޗަށް ކޮންމެވެސް ދުވަހަކުން ފިލްމެއް ހަދާނެކަމަށް ވަނީ ބުނެފައި
 
ސަންޖޫއަށް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 600 ކްރޯޑް ރުޕީސް ލިބިފައި

ބޮލީވުޑް އެކްޓަރ ސަންޖޭދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމް "ސަންޖޫ" ގެ ރޯލެއް ކުޅުމަށް ފުރުސަތު ލިބުނު ކަމަށް ކަންގަނާ ރަނައުތް ބުނެފިއެވެ.

ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ ތަރިންގެ ތެރޭގައި ހިމެނޭ ކަންގަނާ ބުނެފައިވަނީ ސަންޖޫގެ ރޯލެއް އަދާކުރުމަށް އޭނާއަށް ހުށަހެޅި ކަމަށާއި ނަމަވެސް އޭނާއަށް އެ ޜޯލް ކަމުނުދާތީ ދޫކޮށްލީ ކަމަށެވެ.

ރާޖްކުމާރު ހިރާނީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 600 ކްރޯޑް ރުޕީސް ލިބިފައެވެ.

ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނެފައިވަނީ ސަންޖޫގައި ސަންޖޭދަތުގެ ރޯލް އަދާކޮށްފައިވާ ތަރި ރަންބީރު އެ ފިލްމްގެ ހުށަހެޅުން ހިފައިގެން އޭނާގެ ގެއަށްދިޔަ ކަމަށާއި ނަމަވެސް އޭނާއަށް އެ ރޯލް އެހާ ކަމުނުދިޔަ ކަމަށެވެ.

އިތުރަށް ކަންގަނާ ބުނެފައިވަނީ އޭނާއަށް "ސުލްތާން" ކުޅުމަށްވެސް ފުރުސަތު ލުބުނު ކަމަށާއި ނަމަވެސް އެނާ އެފުރުސަތުވެސް ދޫކޮށްލީ ކަމަށެވެ. އެ ހުށަހެޅުން ގަބޫލް ނުކުރުމުން ފިލްމްގެ ޕްރޮޑިއުސަރ އޭނާއަށް ގުޅުމަށްފަހު ދުވަހަކުވެސް އޭނާއާއި އެކު މަސައްކަތް ނުކުރާނެ ކަމށް ބުނި ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

ކަންގަނާ ބުނެފަވަނީ ކުރީގެ ތަރި މަދޫބާލާ އަކީ އޭނާއަށް ވަރަށް ކަމުދާ ތަރިއެއް ކަމަށާއި މުސްތަގްބަލުގައި މަދޫބާލާގެ ރޯލް އޭނާ ކުޅެން ބޭނުންވާ ކަމަށެވެ. އަދި އޭނާ ފިލްމް ކުޅެން ބެނުންވަނީ އާމިރް ޚާން އާއި އެކު ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

ކިޝޯރްކުމާރުގެ ބައޯޕިކްގައި އޭނާއަށް މަދޫބާލާގެ ރޯލް ކުޅުމަށް އަނޫރާގް ބާސޫ އޮފަރ ކުރި ކަމަށާއި ނަމަވެސް އޭނާ އެ ރޯލް އޭނާ ވިސްނާފައި ވަނީ ކިޝޯރް ކުމާރުގެ ރޯލަށް ރަންބީރު ހަމަޖެއްސުމަށް ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

އިތުރަށް ކަންގަނާ ބުނެފައިވަނީ މަދޫބާލާގެ ހަޔާތުގެ މައްޗަށް ކޮންމެވެސް ދުވަހަކުން އޭނާ ފިލްމެއް ހަދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް