ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 17:24
ކޮވިޑް-19 އަށް ޕޮޒިޓިވްވީ ބަޔަކަށް ފަރުވާދޭ މަންޒަރު
ފްރާންސް 24
ކޮވިޑް-19
ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8 ލައްކައަށްވުރެ މައްޗަށް!
 
މި ވަގުތު ވައިރަސް އެންމެ ގަދައަށް ފެތުރެމުން ދަނީ ވިލާތާއި އެމެރިކާ ސަރަހައްދުގައި
 
އެންމެ ގިނަ ކޭސް ފެނިފައިވަނީ އެމެރިކާއިން
 
ބަލި ޖެހިގެން އެންމެ ގިނަ މީހުން މަރުވެފައިވަނީ އިޓަލީއިން

މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

އަންގާރު ދުވަހުގެ 17:00 އާ ހަމައަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 801،398 އަށް އަރާފައެވެ. އަދި މި ބަލި ޖެހިގެން 38،869 މަރުވެފައިވާއިރު، ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 174،576 ގައެވެ.

މި ބަލި ދުނިޔޭގެ 204 ސަރަހައްދަކުން ފެނިފައިވާއިރު މިހާތަނަށް މި ބަލީގެ އެންމެ ގިނަ ކޭސްފެނިފައިވަނީ އެމެެރިކާއިންނެވެ. އެމެރިކާގައި 164،670 މީހުންނަށް މި ބަލި ޖެހިފައިވާއިރު 3،180 މީހުން ބަލީގައި މަރުވެފައިވެއެވެ. އަދި މި ބަލި ޖެހުނު 5،945 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ދެވަނައަށް މި ބަލީގެ އެންމެ ގިނަ ކޭސްތައް ރިޕޯޓުކުރެވިފައިވަނީ އިޓަލީއިންނެވެ. އިޓަލީގައި 101،991 މީހުން ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލި ޖެހިގެން 11،660 މީހުން އެގައުމުން މަރުވެފައިވެއެވެ. އަދި އެގައުމުގައި 14،620 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ތިންވަނަ އަށް ކޮވިޑް-19 ގެ އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވަނީ ސްޕެއިން އިންނެވެ. އެގޮތުން ސްޕެއިންގެ 94،417 މީހަކަށް މި ބަލި ޖެހުނުއިރު މި ބަލީގައި 8،189 މީހުން މަރުވެފައިވެއެވެ. އަދި އެގައުމުގައި 19،259 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

މި ބަލި އެންމެ ފުރަތަމަ ފެނުނު ކަމަށް ބުނާ ޗައިނާއިން މިހާތަނަށް 81،524 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. ޗައިނާގައި ބަލި ޖެހުނު މީހުންގެ ތެރެއިން 76،060 މީހުން ވަނީ ބަލި އެއްކޮށް ފަސޭހަވެ، ދޫކޮށްލާފައެވެ. ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 3،305 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް