ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 17:01
ހުޅުމާލެ ޖެޓީ ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއިން
ހުޅުމާލެ ޖެޓީ ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއިން
ވޮއިސް.އެމްވީ
ކޮވިޑް-19
ސަފާރީތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން މުޒާހަރާ ކުރަނީ!
 
ސަފާރީތަކުން މީހުން އުޅޭ ރަށްރަށަށް މީހުން ފޭބުން ވަނީ މަނާކޮށްފައި
 
އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މުޒާހަރާއެއް ނުކުރެވޭނެ: އެޗްޕީއޭ
 
މުޒާހަރާ ކުރަނީ ހުޅުމާލޭގައި ޖެޓީ ސަރަހައްދުގައި، ސަފާރީތަކުގެ މީހުން ތިބީ ޑިންގީތަކުގައި

ހުޅުމާލޭގެ ސަފާރީތަކުގައި ތިބި ފަރާތްތައް ޖެޓީ ކައިރިއަށް ޑިންގީތަކުގައި އެއްވެ އިހުތިޖާޖުކުރަން ފަށައިފިއެވެ.

ހުޅުމާލޭ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތަކުގައި މަސައްކަތް ކުރާ މީހުން ޑިންގީއެއްގައި އައިސް ބަނދަރުމަތީގައި މުޒާހަރާ ކުރަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ދަނޑިވަޅެއްގައި، މޯލްޑިވިސް ޕޮލިސް ސަރވިސް އިންވެސް ވަނީ ބަޔާނެއް ނެރެފައެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ، ރާއްޖޭގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި، ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާއި ހިލާފަށް ބައެއް ސަފާރީތަކުގައި މަސައްކަތް ކުރާ މީހުން މުޒާހަރާކުރަމުން ދާކަމަށެވެ. ނަމަވެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދިނުމަށް މޯލްޑިވިސް ޕޮލިސް ސާރވިސް އިން ވަނީ ނިންމާފައެވެ.

ހުޅުމާލެ ޖެޓީ ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއިން. ފޮޓޯ: ވޮއިސް.އެމްވީ

ފުލުހުން ވަނީ ހުރިހާ ފަރާތްތަކުންވެސް އެންމެންގެ ރައްކާތެރިކަމަށްޓަކައި ގާނޫނީ ތަރަހައިގެ ތެރެއިން އަމަލު ކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިވަގުތު އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އާންމުންނަށް ނުވަދެވޭ ގޮތަށް އެ ސަރަހައްދު ވަނީ ބަންދުކުރެވިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
18%
0%
9%
73%
0%
0%
ކޮމެންޓް
31 މާރޗް 2020 | އަންގާރަ 17:13
ބީވާ
ފފފޭފފފފފފބުނަ ނުދޭތި.