ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 17:53
ތެޔޮ ރިފައިނަރީއެއް
ތެޔޮ ރިފައިނަރީއެއް
އެރަބް ނިއުސް
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް
އެމެރިކާ އާއި ރަޝިއާއިން މަޝްވަރާތައް ރޭވުމާއެކު ތެލުގެ އަގު މައްޗަށް
 
ޑިމާންޑް ދަށަށް ގޮސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން އައިސްފައިވާ ހީނަރުކަމާއި ގުޅިގެން
 
ދުނިޔޭގެ ބާޒާރުގައި ތެލަށް އޮތް ޑިމާންޑު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައި
 
ސާފުނުކުރާ ތެޔޮ މިހާރު ހުރީ 21.13 ޑޮލަރާއި 23.37 ޑޮލަރަށް ފީފާއެއްގެ ރޭޓުން

ތެލުގެ އަަގު ދަށަށް ދިއުމާއި ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިއާގެ ރައީސް ވްލަޑަމިއަރ ޕޫޓިން މަޝްވަރާތަކަށް އެއްބަސްވެވަޑައިގަތުމާއެކު، ތެލުގެ އަގުތައް މައްޗަށް ގޮސްފިއެވެ.

ހަކަތައިގެ ދެ ބާރުން މަޝްވަރާ މޭޒަށް ދާން އެއްބަސްވީ، ކޮވިޑް-19 އާ ގުޅިގެން ތެލުގެ އަގުތައް ދަށަށް ދިއުމާއި ގުޅިގެންނެވެ. މިއީ ވޭތުވެ 18 އަހަރުގެ ތެރޭގައި ތެލުގެ އަގު އެންމެ ދަށަށް ދިޔަ ފަހަރެވެ.

މިހާރު ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގުތައް ހުރީ ބްރެންޓް ކްރޫޑް ފީފާއަކަށް 23.37 ޑޮލަރު އަދި ޔޫ.އެސް ކްރޫޑް ފީފާއަކަށް 21.13 ޑޮލަރުގެ ރޭޓުންނެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާން ޖެހުނީ، ޑިމާންޑް ނެތުމުން ސަޕްލައި މަދުކުރުމަށް އޯޕެކްގެ މެމްބަރުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވުމުންނެވެ.

އޭގެ އިތުރުން، ސައުދީ އަރަބިއާ އާއި ރަޝިއާއިން ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން ނިންމުމާއި ގުޅިގެން ތެލުގެ އަގުތައް ދަށަށް ދިއުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. ސައުދީން ވަނީ ދުވާލަކު 10.6 މިލިއަން ފީފާއަށް އިތުރުކުރަން ނިންމާފައިވާކަން އިއުލާންކޮށްފައެވެ. ރަޝިއާއިން ވެސް ވަނީ ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން ނިންމާފައެވެ.

ދުނިޔޭގެ ބޮޑެތި ރިފައިނަރީތަކުން ވެސް ވަނީ ތެޔޮ ސާފުކުރުމުގެ މަސައްކަތް މަޑުޖައްސަން ނިންމާލާފައެވެ. އެގޮތުން ޔޫރަޕާއި އެމެރިކާގެ ގިނަ ރިފައިނަރީތަކަކުން ވަނީ، ޓްރާންސްޕޮޓޭޝަން ފިއުލްއަށް އޮތް ޑިމާންޑު ދަށްވުމާއި ގުޅިގެން ތެޔޮ ސާފުކުރާ މިންވަރު 1.3 މިލިއަން ފީފާއިން ދަށްކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް