ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 15:33
ޖިސްމާނީ ގައިދުރުވުމަށް ހިތްވަރުދޭ ޕޯސްޓަރެއް
ޖިސްމާނީ ގައިދުރުވުމަށް ހިތްވަރުދޭ ޕޯސްޓަރެއް
ބީބީސީ
ކޮވިޑް-19
"ލޮކް ޑައުން" ގެ ޙާލަތު ވަރުގަދަކުރަން ޖެހިދާނެކަމުގެ އިންޒާރު އިނގިރޭސި ސަރުކާރުން ދީފި
 
ލޮކް ދައުން ވަރުގަދަ ކުރަނީ ޑޮކްޓަރުންެގ ލަފާގެ މަތިން

ކޮވިޑް-19ގެ ނުރައްކަލާއި ގުޅިގެން އިނގިރޭސިވިލާތުން ވަނީ މިހިނގާ މާރޗުމަހުގެ 23 ވަނަ ދުވަހު މެދުމިނެއްގެ ލޮކްޑައުން އިޢުލާނުކޮށްފައެވެ.

"ލޮކް ޑައުން" އިޢުލާނުކޮށްފައިވާއިރު، އެޤައުމުގެ ރައްޔިތުންނަށް އާއިލާތަކާއި އެކު ކަސްރަތުކުރުމަށާއި، ޒަރޫރީ ބާވަތްތައް ގަތުމަށް ބޭރަށް ދިއުމުގެ ފުރުޞަތު ބައެއް ވަގުތުތަކުގައި ލިބެއެވެ. އެނޫން ވަގުތުތަކުގައި އެމީހުން ތިބެންޖެހެނީ ގޭގައެވެ. އިނގިރޭސިވިލާތުގެ ރައްޔިތުން ދެކޭގޮތުގައި، މިހާރު އަމަލުކުރަމުންދާ "ލޮކް ޑައުން" ސިޔާސަތަކީ ވަގުތީކަމެކެވެ. އެހެންނަމަވެސް އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން މިހާރު ގެންދަވަނީ "ލޮކް ޑައުން" ވަރުގަދަ ކުރަން ޖެހިދާނެކަމަށް ވިދާޅުވަމުންނެވެ. މިފަދައިން އެމަނިކުފާނު އިންޒާރެއް ދެއްވީ، ކޮވިޑް-19 ގެ ކަންތައްތައް ވިލަރެސް ކުރައްވާ އެމަނިކުފާނުގެ މުޝީރުން ކޮވިޑް-19 ގެ ބަލިމަޑުކަމަށް އަވަސް ޙައްލެއް ނާންނާނެކަމަށް ލަފާއެރުވުމާއި ގުޅިގެންކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮވިޑް-19 ގެ ކަންތަކުގައި އިނގިރޭސި ބޮޑުވަޒީރަށް ލަފާއަރުއްވާ ޑރ ހެރީސް ވިދާޅުވީ، އާދައިގެ ދިރިއުޅުމަށް ޢާންމުން ރުޖޫޢަވެއްޖެނަމަ، ނުވަތަ ޢާންމު ޙާލަތަކައް އިޔާދަވެއްޖެނަމަ، ކޮވިޑް-19 އިން މިންޖުވުމަށް އެޤައުމުގެ ޞިއްޙީ ޚިދުމަތްތެރިން ކުރެއްވި މަސައްކަތް ފަނުފުލުން ހިގައިދާނެކަމަށެވެ. އަދި އެކަން އެހެންވެއްޖެނަމަ، އަނެއްކާވެސް ވައިރަސްގެ އެންމެ ނުރައްކާ އެޤައުމަށް ޖެހުނު ދުވަސްވަރުގައި ތަޙައްމަލުކުރަން ޖެހުނު ކަންކަން އަލުން ތަޖުރިބާކުރަން ޖެހިދާނެކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ.

ޑޮކްޓަރުންގެ އޭރުގެ ވިސްނުންހުރީ އެޤައުމުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު 20 ހާހަށް ވުރެ މައްޗަށް ނުދާނެގޮތަކައް ހިފެެހެއްޓުމަށެވެ. އެހެންނަމަވެސް މިހާރު އެޤައުމުގައި ވައިރަސްޖެހުނު މީހުންގެ އަދަދުވަނީ 22،141 އަށް އަރާފައެވެ. އަދި ވައިރަސްގައި މަރުވީ މީހުންގެ އަދަދު ވަނީ 1،408 އަށް އަރާފައެވެ. މިހާތަނަށް ފަރުވާދީގެން ރަނަގޅު ކުރެވުނީ އެންމެ 135 މީހުންނެވެ. އަދިވެސް 20,598 މީހުންނަށް ފަރުވާދެމުންދާއިރު، މީގެތެރެއިން 163 މީހުންގެ ޙަލަތު ސީރިއަސްކަމަށް ޚަބަރުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް