ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 12:19
ތައިލޭންޑުގެ ޝޮޕިންގ މޯލެއްގައި ތަރމަލް ސްކްރީނިންގ ކުރިޔަށްދަނީ
ތައިލޭންޑުގެ ޝޮޕިންގ މޯލެއްގައި ތަރމަލް ސްކްރީނިންގ ކުރިޔަށްދަނީ
އޭބީސީ7ނިއުސް
ކޮވިޑް-19
ކޮވިޑް-19: ތައިލޭންޑުން މިއަދު އެކަނިވެސް 127 ކޭސް، 1 މަރު
 
ތައިލޭންޑުގެ 61 ޕްރޮވިންސަކުން މިހާރު ވަނީ ވައިރަސް ރިޕޯޓުކޮށްފަ
 
ހޯމަ ދުވަހު 136 މީހުން ޕޮޒިޓިވްވެފައިވާއިރު، ދެމީހުން މަރުވެފައިވޭ
 
މިއަދު އެކަނި 127 މީހުން ވައިރަސްއަށް ޕޮޒިޓިވްވި

ތައިލޭންޑުން އިތުރު 127 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ތައިލޭންޑުގެ ޞިއްޙީ އޮފިޝަލުންނާއި ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، މިއަދު އެކަނި 127 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ އެކަކުވަނީ މަރުވެފައެވެ. އަދި ހޯމަ ދުވަހު 136 މީހުން ޕޮޒިޓިވްވެފައިވާއިރު، ދެމީހުން އެދުވަހު މަރުވެފައިވާކަމަށެވެ. މިއާއެކު ތައިލޭންޑުގައި ވައިރަސް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 1،651 އެވެ.

ތައިލޭންޑުން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ ޖެނުއަރީމަހުގެ 12 ވަނަ ދުވަހުއެވެ. މިހާތަނަށް އާއިރު، 10 މީހުން ވައިރަސްގައި މަރުވެ، ފަރުވާދީގެން 229 މީހުން ވަނީ ރަނގަޅުކޮށްފައެވެ. އަދި މިހާރުވެސް 1,286 މީހަކަށް ފަރުވާދެމުންދާއިރު 11 މީހުން ސީރިއަސް ޙާލަތުގައި ތިބި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތައިލޭންޑުގައި ވައިރަސް ފެތުރެމުންދާ ގޮތައް ބަލާއިރު، އެޤައުމުގެ 61 ޕްރޮވިންސަކުން މިހާރު ވަނީ ވައިރަސް ރިޕޯޓުކޮށްފައެވެ. އެންމެ ގިނައިން ވައިރަސް ރިޕޯޓުކޮށްފައިވަނީ ވެރިރަށް ބެންކޮކުންނާއި ފަތުރުވެރި މަންޒިލްތަކުންނެވެ. ވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ސިޓީތަކައް ބަލާއިރު، ބެންކޮކުން 796، ނޮންތަބޫރީން 79، ފުކެޓުން 55، ޔާލާއިން 48، ކޭސް ރިޕޯޓުކޮށްފައިވެއެވެ. ބެންކޮކްގެ އާންމު ރައްޔިތުންނަށް ފަރުވާދިނުމުގައި ޙަރަކާތްތެރިވި މަދަނީ 27 ފުލުހަކާއި 19 ޞިއްހީ ޚިދުމަތްތެރިން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

އެންމެ ފަހުގެ ރިޕޯޓުތަކައް ބަލާނަމަ، އެޤައުމުގެ ބޫރީ ރާން ޕްރޮވިންސްގެ މައި ޖަލު ލޫޓުވާލާ 11 ޤައިދީން ފިލާފައިވަނިކޮށް އެމީހުން ވަނީ އަނބުރާ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް