ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 11:27
ކޮވިޑް-19ގެ ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު
ކޮވިޑް-19ގެ ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު
ރާއްޖެއެމްވީ
ކޮވިޑް-19
ކޮވިޑް-19: މިވަގުތު ރާއްޖޭގައި ހުރީ 97 ވެންޓިލޭޓަރު: މަބްރޫކް
 
70 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވޭ

ރާއްޖޭގައި މިވަގުތު ހުރީ 97 ވެންޓިލޭޓަރު ކަމަށް ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާއަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޙާލުބޮޑު ބަލިމީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދޭން ޖެހޭއިރު، ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގެ އެކި އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގައާއި، މާލޭގެ ހޮސްޕިޓަލްތަކާއި، އަމިއްލަ ހޮސްޕިޓަލުތަކާއެކު ޖުމުލަ މުޅި ރާއްޖޭގައި މިވަގުތު 97 ވެންޓިލޭޓަރު އެބަހުރިކަމަށެވެ.

މީގެ ދެ ރެއެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވަނީ 70 ވެންޓިލޭޓަރު ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ވެންޓިލޭޓަރުތައް އަދި ރާއްޖެއަށް ގެނެވިފައިނުވާކަމަށްވެއެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 18 މީހަކު މިވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި 13 މީހުން މިހާރު ވަނީ ރަނގަޅު ވެފައެވެ. އިނގިރޭސި ވިލާތުން އައި ތިން ދިވެހިން ވައިރަސްއަށް ޕޮޒިޓިވް ވެފައިވާއިރު، އެތަނުން އެކަކު ޕޮޒިޓިވްވެފައިވަނީ އަންގާރަ ދުވަހު (މިއަދު) އެވެ. ޕޮޒިޓިވްވި، އިޓަލީ ދެމީހުން ޕޮޒިޓިވްވިކަން އެނގިފައިވަނީ އެ ދެ މީހުން އިޓަލީއަށް ދިއުމަށްޓަކައި ފްލައިޓް ފުރިފަހުންނެވެ. އެހެންކަމުން އެ ދެމީހުން ރާއްޖެއަކު ނެތެވެ. މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވެ ރާއްޖޭގައި ފަރުވާ ދެމުން ދަނީ އިނގިރޭސި ވިލާތުން ރާއްޖެއައި ތިން ދިވެހިންނަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް
31 މާރޗް 2020 | އަންގާރަ 14:13
ބޯހަލާކް
3000ވަރު ބޭނުންވާނެ ހަމައެކަނި މާލެ ސަރހައްދައްވެސް ރާއްޖެތެރެ ރަށަށް މީހުން އުޅޭ ވަރަކުން ވެންޓިިލެޓަރ އަރުުވާ ކޮބާ ބޭރުން ލިބުން މިލިއަން ޑޮލާރު