ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 10:59
މީދޫގައި ހައްދާފައިވާ ކިއުކަންބާ ވެލެއް
މީދޫގައި ހައްދާފައިވާ ކިއުކަންބާ ވެލެއް
އައްޑޫ މީދޫ ކޯޕްރޭޓިވް
އައްޑޫ ސިޓީ
އައްޑޫސިޓީގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތް ފަށައިފި
 
ގޮވާންކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ވަނީ އެދިފައި
 
ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލުން ފޯރުކޮށްދޭނެ

އައްޑޫސިޓީގެ ފުޑް ސެކިއުރިޓީ ޔަޤީންކުރުމުގެގޮތުން، ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ބުނީ މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އައްޑޫސިޓީގެ ފުޑް ސެކިއުރިޓީ ޔަޤީންކުރުމައްޓަކައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާކަމަށެވެ.

އެގޮތުން، މިހާރުވެސް ދަނޑުވެރިކަމަށާއި، އޮޅު ހެއްދުމަށް ބިންތައް ދޫކުރެވިފައިވާ ފަރާތްތަކުން ގޮވާންކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ދަނޑުވެރިކަން ކުރާ ފަރާތްތަކައް ބޭނުންވާ އެހީތެރިކަން ކައުންސިލުން ފޯރުކޮށްދޭނެ ކަމަށާއި، ސަރުކާރުގެ އިދާރާތަކުން ދަނޑުވެރިންނަށް ދެވޭ އެހީތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދޭނެކަމަށެވެ.

މީގެ އިތުރުން ،އައްޑޫ ސިޓީ ކައުންސިލުން ބުނީ އަލަށް ދަނޑުހެއްދުމަށާއި އޮޅު ހެއްދުމަށް ބޭނުންވާ ފަރާތްތަކައް ބިން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދަނޑުހެއްދުމަށާއި، އޮޅުހެއްދުމަށް ބިން ބޭނުންވާ ފަރާތްތަކުން 2020 މާރިޗު 30 ވާ ހޯމަ ދުވަހުން ފެށިގެން އެއަވަށެއްގެ އަވަށު އޮފީހަށް މެއިލް ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް