ހޮނިހިރު 11 ޖުލައި 2020
11 ފުނޯސް
1441 ޒުލްގައިދާ 20
ފަތިސް 04:42
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ޕޮލިސް

ދައުވާކުރަން ފޮނުވުމުން މަސްތުވާތަކެތީގެ ބޮޑެއް ކްރިމިނަލް ކޯޓުން ދޫކޮށްލައިފި

  • ހޯމަ ދުވަހު އަރުޝަދު ޚާލިދުގެ މައްޗަށް ޑައަމޯފިން ޓްރެފިކްކުރުމުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވޭ
  • ކްރިމިނަލް ކޯޓުން ޝަރުތުކޮށް ބަންދުން ދޫކޮށްލާފައިކަމަށް ފުލުހުން ބުނޭ

ކ. މާލެ | 31 މާރޗް 2020 | އަންގާރަ 09:24 | 170,180

ގދ.ހޯނޑެއްދޫ / އަލޯރާ ، އަރުޝަދު ޚާލިދު - ފޭސްބުކް

މަސްތުވާތަކެތި ޓްރެފިކްކުރިކަމުގެ ދަޢުވާ އުފުލަން ފޮނުވާފައިވާ ބޮޑެއް ޝަރުޠުތަކާއެކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ މިއަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހު ޑްރަގް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ގދ.ހޯނޑެއްދޫ / އަލޯރާ ، އަރުޝަދު ޚާލިދު އިތުރު ބަޔަކާއި ގުޅިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ، އެތަކެތީގެ ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ތަހްޤީގު ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވިފައިވާ މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ވަނީ އަރުޝަދު ޚާލިދުގެ މައްޗަށް ހޯމަ ދުވަހުގެ ވަގުތެއްގައި ޑައަމޯފިން ޓްރެފިކްކުރުމުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

އެގޮތުން އަރުޝަދު ޚާލިދު ހޯމަ ދުވަހު މެންދުރު 12:00 ގައި ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން އަރުޝަދު ޚާލިދު ވަނީ ޝަރުޠުކޮށް ބަންދުން ދޫކޮށްލާފައިކަމަށް ފުލުހުން ބުނެއެވެ. އަދި މިމައްސަލާގައި ހިމެނޭ ގދ. ހޯނޑެއްދޫ / އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ.ހޯނޑެއްދޫ /މެޑްރިޓްހައުސް، އަޙްމަދު ޤިޔާސް އަދި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، ޢަލީ ޒުބައިރު ވަނީ ރިމާންޑް ޖަލެއްގައި 10 ދުވަހުގެ މުއްދަތައް ބަންދުގެ މުއްދަތު އިތުރުކޮށްދީފައިކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލާގައި ފުލުހުން ބަލާފާސްކުރުމަށްފަހު 09 ކިލޯއަށްވުރެ ގިނަ ޑައަމޯފިން (ހެރޮއިން) އާއި 04 ގްރާމަށް ވުރެ ގިނަ ކޮކެއިން ފެނިފައިވެއެވެ. މިމައްސަލާގައި ކުށުގެ ވެށިން ގިނަ ޢަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.

އަދި އޭގެ އިތުރުން މިމައްސަލާގައި ހިމެނޭ އަރުޝަދު ޚާލިދުގެ ނަމުގައިވާ ހުޅުވާފައިވާ ބޭންކް އެކައުންޓްތަކުގައިވާ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަޙުޤީޤަށް ތުހުމަތުކުރެވޭތީ ކްރިމިނަލް ކޯޓު ޢަމުރެއްގެ ދަށުން ވަނީ ފްރީޒްކުރެވިފައެވެ. މިމައްސަލާގައި ގާތްގަޑަކަށް 4.6 މިލިއަން ރުފިޔާ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.