ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 09:20
ަސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް-ސައުދު
ަސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް-ސައުދު
ސައުދީ ގެޒެޓް
ކޮވިޑް-19
ކޮވިޑް-19: އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހައި ފަރާތަކައް ހިލޭ ފަރުވާދިނުމަށް ސައުދީ ރަސްގެފާނު އަމުރުކުރައްވައިފި
 
ރަސްގެފާނުގެ އަމުރުގެ ދަށުން އެޤައުމުގައި ތިބި ބިދޭސީންނަށް ހިލޭ ކޮވިޑް-19 އަށް ފަރުވާ ކުރެވޭނެ

ކޮވިޑް-19 އަށް ފަރުވާދެމުންދާއިރު ސައުދީ ރައްޔިތުންނާއި، އެޤައުމުގައި މިވަގުތު ތިބި އެހެން ޤައުމުތަކުގެ ރައްޔިތުންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި ހިލޭ ބޭސްފަރުވާކޮށްދިނުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް-ސައުދު ޢަމުރުކުރައްވައިފިއެވެ.

މިކަން ހާމަކުރައްވާ ސަޢުދީއަރަބިއްޔާގެ ހެލްތު މިނިސްޓަރ ތައުފީޤް އަލް-ރާބިއާ ވިދާޅުވީ، ރަސްކަމުގެ ދަރުބާރުން ޢާންމު ކުރެއްވި މި ޢަމުރުގެ ދަށުން، ސަޢުދީ ރައްޔިތުންނާއި، އެޤައުމުގައި މިހާރު ތިބި އަދި އެކި ބޭނުންތަކުގައި ދިރިއުޅެމުންދާ ބޭރުގެ ޤައުމުތަކުގެ މީހުންނަށް އެއްވެސް ތަފާތު ކުރުމެއްނެތި ކޮވިޑް-19ގެ ފަރުވާއާއި އަދި އެކަމާ ގުޅިގެން ދޭންޖެހޭ ޚިދުމަތްތައް އެއްވެސް ތަފާތު ކުރުމެއްނެތި ހިލޭ ފޯރުކޮށްދޭނެކަމަށެވެ. އަދި މިޢަމުރުގެ ދަށުން މިޙާލަތުގައި އެޤައުމުގައި ވިސާނެތި ދިރިއުޅެމުންދާ މީހުންނާއި، އަދި ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން މަޖްބޫރު ޙާލަތުގައި މަޑުކޮށްގެން ތިބި މީހުންނަށްވެސް ހިލޭ ފަރުވާ ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ.

ރަސްގެފާނުގެ މިޢަމުރުގެ ދަށުން ކަންކަން ތަންފީޒުކުރާނެގޮތް ހާމަކުރައްވާ ވެރިރަށް ރިޔާދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ އަލް-ރާބިއާ ވިދާޅުވީ، ރަސްގެފާނުގެ ޢަމުރުގެ ދަށުން މިވަގުތު އެޤައުމުގައި ޤާނޫނާއި ޚިލާފަށް ވިސާނެތި ދިރިއުޅެމުން އަންނަ މީހުންނަށް މި ވަގުތު ފިޔަވަޅު ނާޅާނެ ކަމަށެވެ. އަދި ފަސްނުޖެހި މިފަދަ ފަރާތްތަކުން ސަރުކާރު ނުވަތަ އަމިއްލަ ހޮސްޕިޓަލަކަށް ގޮސް ކޮވިޑް-19 އަށް ޓެސްޓުކޮށް އެކަމުގެ ފަރުވާ ހޯދުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ހުރިހައި އެންމެންގެ ސަލާމަތާއި ރައްކަލަށް ރަސްގެފާނު އިސްކަންދެއްވާކަމަށާއި، އެހެންކަމުން ވައިރަސްއިން ސަލާމަތް ވުމަށް ހުރިހައި ފަރާތްތަކެއްގެ އެއްބާރުލުން މިވަގުތު ބޭނުންވާކަމަށެވެ.

ކޮވިޑް-19 އަކީ ނުރައްކާތެރި ވައިރަސްއަކަށް ވީހިނދު ސަޢުދީ ސަރުކާރުންވެސް މަސައްކަތްކުރަމުންދަނީ، ވައިރަސް އިން ސަލާމަތްވުމަށްކަމަށެވެ. އަދި މިއީ ގޮންޖެހުން ބޮޑު ކަމަކަށްވާއިރު، މުސްތަޤުބަލުގައި ކަންވެގެންދާނެ ގޮތް އަންދާޒާކޮށްލަންވެސް ދަތިކަމަށެވެ. މި ވައިރަސް މަތަކުރެވޭނެކަމުގެ ޔަޤީންކަންދޭން ދަތިކަންވެސް މިިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުންވެސް މި ވައިރަސްއާއި ހަނގުރާމަ ކުރަމުންދާއިރު، މި ގޮތް ނޭނގޭ ވައިރަސްއާއި ކުރިމަތިލުމަށް ހުރިހައި ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާކަމަށެވެ. އަދި ސަރުކާރުން މި ވައިރަސްއާއި ގުޅިގެން ޢަމަލުކުރަމުންދާ އުޞޫލުތަކައް ތާބާވުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.

އަލް-ރާބިޔާ ވަނީ ރަސްކަމުގެ ދަރުބާރުން އަންގާފައިވާ އެންގުންތައް ތަންފީޒުކޮށް ވައިރަސްއިން އަރައިގަތުމަށް އެކި ދާއިރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. ވަކިން ޚާއްޞަގޮތެއްގައި ރަސްގެފާނު އިޢުލާންކުރައްވާފައިވާ "ފަރުދުން ގޭގައި މަޑުކުރުމުގެ ސިޔާސަތު" ތަންފީޒު ކުރުމަށް ދާޚިލީ ވަޒީރު އަދި ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތް ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސައުދީ ރަސްގެފާނު ނެރުއްވި އަމުރަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ތަޢުރީފުކުރައްވާފައެވެ. އެ ޖަމާޢަތުގެ ޑިރެކްޓަރ ޖެނެރަލް ޑރ.ޓެޑްރޯސް އެދެނޯމް ގެބްރިއޭސަސް ވިދާޅުވީ، ކޮވިޑް-19 އާއި ހަނގުރާމަކުރަމުންދާއިރު، ހުރިހައި އެންމެންނަށް އެއްހަމައަކުން ޞިއްޙީ ޚިދުމަތް ލިބޭނެ އިންތިޒާމު ރަސްގެފާނު ފަހިކޮށްދެއްވުމަކީ، ޑަބްލިއުއެޗްއޯއިން ޕްރޮމޯޓްކުރަމުންދާ "އެންމެންނަށް ފުރިހަމަ ޞިއްޙަތެއް" މިކަން އޭގެ އެކަށީގެންވާ ގޮތުގައި ތަންފީޒުކުރެވިގެންދާކަމެއް ކަމަށެވެ. އަދި އެންމެންނަށް ފުރިހަމަ ޞިއްޙަތެއް ކަށަވަރުކޮށްދިނުމަށް ސައުދީގެ ރަސްކަމުގެ ދަރުބާރުން ކުރައްވަމުން ގެންދާވަ މަސައްކަތައް ތަޢުރީފު ކުރައްވާ ރަސްގެފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސައުދީގެ މި އިސްނެގުމަކީ މިސާލެއް ނުވަތަ ނާމޫނާއެެއްގެ ގޮތުގައި ދެކި، އެހެން ޤައުމުތަކުންވެސް މިގޮތައް އަމަލުކުރާނެކަމަށް އުންމީދުކުރައްވާކަމަށް ޑރ. ޓޭޑްރޯސް ވިދާޅުވިއެވެ.

0%
100%
0%
0%
0%
0%
ކޮމެންޓް
1 އޭޕްރިލް 2020 | ބުދަ 09:12
އަނޫސް
މައުމޫނުގެ ދަރި ޣައްސާނު ރާބޯން ފެށީއްސުރެ ވެރިކަން ނިމެންދެން ބަނގުރާ ބުއީ ދިވެހި ދައުލަތުން ހަރަދުކޮށްގެން. އެންމެ ފަހުން އެސޮރު ރާބޮއެ މަސްތުވެގެން ހުރެ، ކާރު ދުއްވައި އެކްސިޑެންޓް ވީމަ، ކޯޓުން ބޭރުގަ މައްސަލަ ނިންމީ ދިވެހިންގެ ހަޒާނާއިން ހަރަދުކޮށްގެން. ސައޫދީގަވެސް ހަމަ މި ސިސްޓަމް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ