ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 08:14
މާލޭގެ ބޭރުގައި ބަނދަރުކޮށްފައިވާ ކުރޫސް ލައިނާއެއް
މާލޭގެ ބޭރުގައި ބަނދަރުކޮށްފައިވާ ކުރޫސް ލައިނާއެއް
މުހައްމަދު ޝަރުހާން
ޓްރާންސްޕޯޓް
ބޭރުގެ އުޅަނދުފަހަރުގެ އޮފިސަރުންގެ ސެޓުފިކެޓު އަދި ސޭފްޓީ ސެޓްފިކެޓް ތަކުގެ މުއްދަތު އިތުރުކޮށްދީފި
 
ދިވެހި ސީމަނުންނަށް ދޫކޮށްފައިވާ މެޑިކަލް ފިޓްނަސް ސެޓްފިކެޓް މުއްދަތު 1 މާރޗް އިން 30 ޖޫންއަށް މުއްދަތު އިތުރުކޮށްދީފައިވޭ
 
ރިފްރެޝަރ ކޯސް ތަކުގެ ސެޓްފިކެޓް ތަކުގެ މުއްދަތު ވެސް 6 މަސް ދުވަހުގެ މުއްދަތަށް އިތުރުކޮށްދީފައިވޭ
 
1 މާރޗް އަށް މުއްދަތު ހަމަވާ ރާއްޖެއިން ދޫކޮށްފައިވާ ސީއޯސީގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަށް ރިވެލިޓޭޑް ކުރާނެ

ކަނޑުގައި ދުއްވާ ފޮރިންގ ގޮއިން އުޅަނދުފަހަރުގެ އޮފިސަރުންނަށް ދޫކުރާ ސެޓްފިކެޓް އަދި ފޮރިންގ ގޮއިންގ އުޅަނދުފަހަރު ސަރވޭ ކުރުމަށްފަހު ދޫކުރާ ސޭފްޓީ ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށް ދިނުމަށް ނިންމައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ކޮވިޑް-19 ފެތުރުން ކޮންޓުރޯލްކޮށް ޢާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އާއްމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު ގެ ދަށުން އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވާތީ އާއި އަދި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ ސަރކިއުލަރއާއި ޙަވާލާދީ ކަމަށެވެ.

އެގޮތުން 1 މާރޗް 2020 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވާ ދިވެހިރާއްޖެއިން ދޫކޮށްފައިވާ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ (ސީއޯސީ) މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަށް ރިވެލިޓޭޑް ކޮށްދޭގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިގޮތުން ރާއްޖެއިން ބޭރުގައި ތިބެގެން ސީއޯސީ ސެޓްފިކެޓް މުއްދަތު ހަމަވާ ފަރާތްތަކުގެ ސެޓްފިކެޓްތައް ރިވެލިޑޭޓް ކުރުމަށް ޑޮކިއުމަންޓް [email protected] އަށް މެއިލް ކޮށްދިނުމަށް އެދިފައިވެއެވެ.

އަދި 1 މާރޗް އިން ފެށިގެން މުއްދަތު ހަމަވެގެން ރިވެލިޓޭޑް ކުރުމަށް ހުށަހަޅާ ސީއޯސީއަށް ރިވެލިޑޭޓް ކުރުމަށްޓަކައި ހުށަހަޅަންޖެހޭ ދިވެހިރާއްޖޭގެ އިންސްޓިޓިއުޓަކުން ދޫކޮށްފައިވާ ރިފްރެޝަރ ކޯސް ތަކުގެ ސެޓްފިކެޓް ތަކުގެ މުއްދަތު ވެސް 6 މަސް ދުވަހުގެ މުއްދަތަށް އިތުރުކޮށް ދިނުމަށްވަނީ ހަމަޖެހިފާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

އެހެންކަމުން މިކަމަށް އެދޭ ފަރާތްތަކުންވެސް ލިޔުންތައް [email protected] އަށް މެއިލް ކޮށްދިނުމަށް އެދިފައިވެއެވެ. ދިވެހި ސީމަނުންނަށް ދޫކޮށްފައިވާ މެޑިކަލް ފިޓްނަސް ސެޓްފިކެޓް މުއްދަތު 1 މާރިޗު 2020 އިން ފެށިގެން މުއްދަތު ހަމަވާ ފަރާތްތަކުގެ މެޑިކަލް ފިޓްނަސް ސެޓްފިކެޓްގެ މުއްދަތު 30 ޖޫން 2020 ގެ ނިޔަލަށް ވެސް ވަނީ އިތުރުކޮށްދީފައެވެ.

އަދި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން އޮޕަރޭޓްކުރާ ފޮރިންގ ގޮއިން އުޅަނދު ފަހަރަށް ދޫކޮށްފައިވާ ސޭފްޓީ ސެޓްފިކެޓް 1 މާރޗް އިން ފެށިގެން މުއްދަތު ހަމަވާ ސެޓްފިކެޓްތައް 30 ޖޫން 2020 ގެ ނިޔަލަށް މުއްދަތު އިތުރު ކޮށްދީފައިވެއެވެ.

މީގެ އިތުރުން ޕޯޓް ފެސިލިޓީ ތަކަށް ދޫކޮށްފައިވާ ހުއްދަ 1 މާރޗް އިން ފެށިގެން ހަމަވެފައިވާ ފެސިލިޓީތަކަށް ކުރިން ދޫކޮށްފައިވާ ހުއްދަ 30 ޖޫން 2020 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފައިވާނެ ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް