ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 08:12
މާލޭގެ ފަޅުގައި އަޅާފައިވާ ދޯނިތަކެއް: ޖޫން މަހުގެ ނިޔަލަށް ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު ވަނީ އިތުރުކޮށްދީފައި
މާލޭގެ ފަޅުގައި އަޅާފައިވާ ދޯނިތަކެއް: ޖޫން މަހުގެ ނިޔަލަށް ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު ވަނީ އިތުރުކޮށްދީފައި
މުހައްމަދު ޝަރުހާން
ޓްރާންސްޕޯޓް
ކޮވިޑް-19: ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކޮށްދީފި
 
1 މާރޗް އިން ފެށިގެން މުއްދަތު ހަމަވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓްފިކެޓްތަކުގެ މުއްދަތު 30 ޖޫން 2020 ގެ ނިޔަލަށް އިތުރު ކޮށްދީފައިވޭ
 
އަލަށް އުޅަނދެއް ރަޖިސްޓަރީކޮށް 12 މާރޗް 2020 ގެ ފަހުން 30 ދުވަހުގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް 31 ޖުލައި 2020 ގެ ކުރިން ސަލާމަތީ ސެޓްފިކެޓް ހަދަންޖެހޭ

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު 30 ޖޫންގެ ނިޔަލަށް އިތުރުކޮށްދީފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވަނީ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކޮށްފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޢާއްމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު ގެ ދަށުން ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ ކަމަށެވެ.

އެގޮތުން 1 މާރޗް އިން ފެށިގެން މުއްދަތު ހަމަވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓްފިކެޓްތަކުގެ މުއްދަތު 30 ޖޫން 2020 ގެ ނިޔަލަށް އިތުރު ކޮށްދީފައިވާނެ ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.

މި ގޮތަށް ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށް ދިންކަމުގައި ވީނަމަވެސް އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހުރުމަށް ލާޒިމުކުރާ ތަކެއްޗާއި ކަންކަން ހަމަޖެއްސުމަށްފަހު އުޅަނދު ފަހަރު އޮޕަރޭޓް ކުރުމަށް އުޅަނދުފަހަރު އޮޕަރޭޓުކުރާ ފަރާތްތަކަށާއި އުޅަނދުފަހަރުގެ ވެރިންނަށާއި އަދި އުޅަނދުފަހަރު ދުއްވާ ކެޕްޓަނުން ޔަޤީން ކުރުމަށްފަހު އުޅަނދު ފަހަރުގެ ދަތުރަށް ފެށުމަށް އިލްތިމާސްކޮށްފައިއެވެ.

އަދި އަލަށް އުޅަނދެއް ރަޖިސްޓަރީކޮށް 12 މާރޗް 2020 ގެ ފަހުން 30 ދުވަހުގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް 31 ޖުލައި 2020 ގެ ކުރިން ސަލާމަތީ ސެޓްފިކެޓް ހެދުމަށް ނުވަތަ އެ އުޅަނދަކީ އޮޕަރޭޓް ނުކުރާ އުޅަނދެއްކަން ބަޔާންކޮށް ރަށްރަށުގެ ރަށުކައުންސިލްތަކުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ލިޔުން ހޯދައިފިނަމަ އެ އުޅަނދެއް ޖޫރިމަނާ ނުކުރާ ގޮތަށްވެސް ކަނޑައަޅާފައިވެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސްގެ މުއްދަތު 01 މާރޗް 2020 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވެފައިވީނަމަވެސް އެ ލައިސަންސްގެ މުއްދަތު 30 ޖޫން 2020 ގެ ނިޔަލަށް އިތުރުކޮށްދީފައިވާނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް