ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 00:52
ޖޭއޭ މަނަފަރު ރިސޯޓް
ޖޭއޭ މަނަފަރު ރިސޯޓް
ޓްވިޓަރ
ކޮވިޑް-19
އެޗްޕީއޭގެ އެންގުމާ ޚިލާފަށް ޖޭއޭ މަނަފަރު ރިސޯޓަށް އެރި މީހެއްގެ މައްޗަށް ދައުވާ އުފުލައިފި
 
ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފައިވަނީ މިހިނގާ މާރޗު މަހުގެ 12 ވަނަ ދުވަހު
 
އޭނާއަށް ދައުވާ އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން
 
ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓައިލުމަށް ވަނީ އަންގާފަ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ރިސޯޓުތަކުން ރަށްރަށަށް އަރާ ފޭބުން މަނާކޮށްފައިވާ އޮތް އޮތުމާ ޚިލާފުވި ފަރާތެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޤާނޫނު ނަންބަރު: 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) އިން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިދީފައިވާ ބާރުގެ ދަށުން، ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ހުއްޓައިލުމަށް ވަނީ އަންގާފައެވެ.

އެކަމާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ) އޮފީހުން ބުނީ، އެ އެންގުމާ ޚިލާފަށް ޖޭއޭ މަނަފަރު ރިސޯޓަށް އެރި މީހެއްގެ މައްޗަށް، ޤާނޫނުލްޢުޤޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި، ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށްފައިވަނީ މިހިނގާ މާރޗު މަހުގެ 12 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް