ކ. މާލެ
|
30 މާރޗް 2020 | ހޯމަ 22:46
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
މޯލްޑިވްސް އިންޑިޕެންޑެންޓް
ސްޓޫޑެންޓް ލޯންތައް ފަސްކޮށްދިނުން
ކިޔަވާކުދިންނަށް ބީއެމްއެލްއިން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާދެއްކުން ފަސްކޮށްދީފި
 
ލޯނުގެ ބާކީ އޮންނަ މުއްދަތުގެ ތެރޭގައި މަހުންމަހަށް ދައްކަމުންދާ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެ
 
ލޯނު އަނބުރާ ދެއްކުން ފަސްކޮށްދީފައިވަނީ މާޗް މަހުން ފެށިގެން ހަ މަސް ދުވަހަށް
 
މިކަމަށް އެދި ލޯނު ނަގާފައިވާ އެއްވެސް ފަރާތަކުން ހުށައަޅާކަށް ނުޖެހޭ

ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމް އާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ދަށުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުން ލަސްކޮށްދޭނެކަން ބީއެމްއެލްއިން ހާމަކޮށްފިއެވެ.

މިއީ ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ބީއެމްއެލްއިން ނިންމި ނިންމުމެކެވެ. ލޯނަށް ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިނީ، މާޗު 2020 އިން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަކަށެވެ.

އޭގެއިތުރުން، ލޯނު ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތައްވެސް މިވަނީ 6 މަސްދުވަސް އިތުރު ކުރެވިފައެވެ. އެހެންކަމުން ލޯނުގެ ބާކީ އޮންނަ މުއްދަތުގައި މަހުންމަހަށް ދައްކަމުންދާ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، މި ގޮތަށް އަމަލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރާނީ އެ ބޭންކުންނެވެ. އަދި މި ގޮތަށް އަމަލުކުރުމަށްޓަކައި ދަރިވަރުން މިކަމަށް އެދި ހުށަހަޅާކަށް ނުޖެހެއެވެ.

މިހާތަނަށް ލޯނަށް ދައްކަންޖެހި، ނުދައްކާ ހުރި އެއްވެސް ފައިސާ އެއް ހުރި ނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްފައިވާ މުއްދަތުގައި އެ ފައިސާއެއް ބޭންކުން ނުކަނޑާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް