ކ. މާލެ
|
30 މާރޗް 2017 | ބުރާސްފަތި 00:58
ކޮކޫން މޯލްޑިވްސް ރިސޯޓް
ކޮކޫން މޯލްޑިވްސް ރިސޯޓް
ގޫގުލް
ކޮކޫން މޯލްޑިވްސް
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
 
ކޮކޫން އޮފީސް ހުޅުވީ މިލާންގައި

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށް މިލާންގައި އޮފީހެއް ހުޅުވައިފި އެވެ.  

 

މި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އިޓަލީގެ ނޫސް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުން ވަނީ ބައިވެރިވެފައެވެ.

 

ކޮކޫންއިން ވަނީ މިލާންގެ އެކި ހިސާބުތަކުގައި ކޮކޫންގެ ރިސޯޓްތައް ޕްރޮމޯޓްކުރުމަށް ފަސް ވެހިކަލެއް ހަރަކާތްތެރިވާނެ އެވެ.

 

ކޮކޫންގެ މެނޭޖިން ޑިރެކްޓަރ އެލެކްސްޒަންދްރޯ އަޒޮއްލާ ބުނީ ބުރަ މަސައްކަތާއި އެކު މިލާންގައި އޮފީހެއް ހުޅުވިގެން ދިއުމަކީ އެސަރަހައްދުގެ ފަތުރުވެރިންނަށް ލިބޭނެ ފަސޭހައެއް ކަމަށާއި އިޓަލީ އާއި ޔޫރަޕްގެ ފަތުރުވެރިންނަށް ކޮކޫންއިން މަރުހަބާ ކިޔާ ކަމަށެވެ.

 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެން 30 މިނިޓްގެ ތެރޭގައި ދެވޭ ކޮކޫން މޯލްޑިވްސްއަކީ ލަގްޒަރީ ގޮތަށް ފަރުމާކޮށްފައިވާ ވަރަށް ތަފާތު ރިސޯޓެކެވެ.

 

ޅ. އަތޮޅުގައި އޮންނަ މި ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމަށްކީ ފަތުރުވެރިންނަށް ކުރެވޭނެ އެންމެ ތަފާތު ތަޖްރިބާ ކަމަށް ކޮކޫއިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް