ކ. މާލެ
|
30 މާރޗް 2020 | ހޯމަ 20:39
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ
ގެޓީ އިމޭޖަސް
ކޮވިޑް-19
ބާސާ ކުޅުންތެރިންގެ މުސާރައިން 70 އިންސައްތަ އުނިކުރަން އެއްބަސްވެއްޖެ
 
ކުޅުންތެރިންގެ މުސާރަ އުނިކުރި ނަމަވެސް، އެ ކްލަބުގެ އޮފިޝަލުންގެ މުސާރަ ބަރާބަރަށް ލިބޭނެ
 
ބާސާ ކުޅުންތެރިން މި ނިންމުން ނިންމީ މި ހާލަތުން އަރައިގަތުމަށް އެހީތެރިވުމަށް

ސްޕެއިންގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާނެ މާލީ ދަތިތަކުން އެހީވުމަށް ބާސެލޯނާގެ ކުޅުންތެރިންގެ މުސާރައިން 70 އިންސައްތަ އުނިކުރަން ނިންމާފައިވާ ކަމަށް އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

ބާސާގެ ކެޕްޓަން ލިއޮނަލް މެސީ ބުނީ ކުޅުންތެރިންގެ މުސާރައިން 70 އިންސައްތަ އުނިކުރަން ނިންމީ އެ ކްލަބުގެ އޮފިޝަލުންގެ މުސާރަ ބަރާބަރަށް ދިނުމަށް ޝަރުތުކޮށް ކަމަށާއި، ކުޅުންތެރިންގެ މުސާރައިން 70 އިންސައްތަ އުނިކުރުމުން ކޮވިޑް-19 އިން ކްލަބަށް ލިބޭ މާލީ ގެއްލުމުން އަރައިގަތުމަށް އެހީވެދޭނެ ކަމަށެވެ.

ބާސާ ކުޅުންތެރިންގެ މުސާރަ ކުޑަ ކުރަން ނިންމިކަން ހާމަކުރުމަށް މެސީ ނެރުނު ބަޔާނުގައި ބުނީ ބާސާ ކުޅުންތެރިން މި ނިންމުން ނިންމީ މިއީ ކްލަބަށާއި ކުޅުންތެރިންނަށް އަދި އޮފިޝަލުންނަށް ދަތި ހާލަތެއްކަން އިނގުމުން ކަމަށާއި ބާސާގެ ކުޅުންތެރިންނަކީ ކްލަބަށް ދިމާވާ ދަތި ކޮންމެ ހާލަތެއްގައި ވެސް ކްލަބަށް އެހީވެދޭނެ ކުޅުންތެރިން ތަކެއް ކަމަށެވެ.

ބާސާގެ ކުޅުންތެރިންގެ މުސާރައިން 70 އިންސައްތަ އުނިކުރަން ނިންމިއިރު، މީގެ ކުރިން ޔޫރަޕްގެ ބައެއް ކްލަބުތަކުންވެސް ވަނީ މުސާރަތައް ކުޑަކޮށްފައެވެ.

ޔޫރަޕުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ ސަބަބުން ސްޕެނިޝް ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުވެސް ވަނީ މެދު ކަނޑާލާފައެވެ.

ސްޕެނިޝް ލީގު ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، ލީގު ފެށުން ފަސްކުރީ ލީގު ކުރިޔަށް ގެންދާނެ މާހައުލެއް ނެތް ކަމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނާއި އެލްއެފްޕީއޭއިން އިއްތިފާގުވުމުންނެވެ. އަދި ލީގުގެ މެޗުތައް ދެން ފަށާނެ ތާރީޚެއް ކަނޑައަޅާނީ ސަރުކާރުން ވަކި ގޮތެއް އެންގުމުން ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ސްޕެނިޝް ލީގުގެ މެޗުތައް އަލުން ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކުރިއިރު، މިއަހަރުގެ ހޫނު މޫސުމުގައި ބާއްވަން ކުރިން ނިންމި ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އެހެންކަމުން ހޫނު މޫސުމުގައި ލީގުގެ ކުޅުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބޭނެ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
33%
33%
0%
0%
0%
33%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް