ކ. މާލެ
|
31 މާރޗް 2020 | އަންގާރަ 07:45
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައީސް އޮފީސް
ކޮވިޑް-19
"އަޅުގަނޑުވެސް އަމަލުކުރަނީ ސިއްހީ މާހިރުންގެ ލަފާގެމަތިން"
 
ރޯނުއެދުރު ހެދުމަށްވުރެ އިރުޝާދު އަޑުއަހާ ކިޔަމަން ތެރިކަން ދެއްކުން ބުއްދިވެރި
 
ރައިސް ސޯލިހް ދައްކަވަމުންދާ އަމާން މަގު އިހްތިޔާރުކުން ބުއްދިވެރި

ޗައިނާގައި ކޮވިޑް-19 މިބަލިމަޑުކަން ފެތުރެން ފެށުމާއެކު ޖެނުއަރީ މަހުގެ ހަވަނަ ދުވަހުން ފެށިގެން ދިވެހި ސަރުކާރުން ގެންދަނީ ވިސްނުންތެރިކަމާއި، ކެތްތެރިކަމާއިއެކު ރައްޔިތުންގެ ރައްކާތެރިކަމަށް އެތަކެއް މަސައްކަތެއް ކެނޑިނޭޅި ކުރަމުންނެވެ.

ސިޔާސީ ފިކުރުތައް އެއްކިބާކޮށް އެއްބައިވަންތަކަން ދެއްކުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ގޮވާލައްވާފައެވެ. މި ސަރުކާރާއި ރައީސް ޞާލިޙުގެ ފަރާތްޕުޅުން މިއަދު ފެނިގެން މިދަނީ ކެތްތެރިކަމާ ކިޔަމަންތެރިކަމުގެ ރިވެތި ނަމޫނާއެކެވެ. މުޅި ދުނިޔެއަށްވެސް މިސާލެކެވެ.

މާރޗް 27 ވަނަދުވަހު ރައީސް ޞާލިޙު ޤައުމާ މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަތަކުން އިހުނައްވުރެ ބޮޑައް މިސަރުކާރަށް ރައްޔިތުން ކުރަމުންދާ އުންމީދުތައް އާވެއްޖެއެވެ. ރައްޔިތުންގެ ހިތުގައި އުފެދިފައިވާ އެތަކެއް ސުވާލުތަކަކައް ސާބިތުކަމާއެކު ޖަވާބު ދެއްވެވިއެވެ. އަދި ވަކި ކުލައެއް، ވަކި ފަރުދެއް އިސްތިސްނާ ނުވާނެހެން ކޮވިޑް-19 އިން އަރައިގަތުމަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އިދިކޮޅުފަރާތްތައް، ޖަމިއްޔާ ޖަމާއަތްތައް، ވަކިވަކި ފަރުދުންނަށް އެބައޮތް މިކަމުގައި ބައިވެރިވެވެން، މި ވަގުތަކީ ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު، މިހާރު ވެސް ވޮލެންޓިއަރުންނަށް ހުޅުވާލެވިފަ އެބައޮތް
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

މި ސަރުކާރާ އިދިކޮޅުފަރާތްތަކުން ވެސް ބޮޑާކަމާއި ކިބުރުވެރިކަން މިވަގުތު ދޫކޮށްލާ، އޮންނަ އުޞޫލުގެ ތެރެއިން މަސައްކަތް ކޮއްދެއްވާ ދިވެހިންގެ ލޭ ހިނގާ ކޮންމެ ފަރުދެއްގެ ރައްކާތެރިކަން އިސްކުރެއްވުމަކީ މި ޙާލަތުގައި އެންމެ އެދެވިގެންވާ އެއް ކަންތަކެވެ. މިވަގުތު މިސަރުކާރުން އިދިކޮޅަށް ގުޅާ އާދޭސް ދަންނަވާނެކަމަށް ހީކުރައްވާ ބޮޑާވުމުގެ ބަދަލުގައި އިސް ނެގުން މުހިންމެވެ. އިދިކޮޅުގެ ވެރިން ގުޅާލާ ކޮންމެ ފަހަރަކު ރައީސް ޞާލިޙަށް ފޯނަށް ޖަވާބު ނުދެއްވިދާނެކަން ޤަބޫލުކުރައްވާ ރައިސް ޞާލިޙު ދައްކަވަމުންދާ އަމާން މަގު އިޚުތިޔާރުކުން ބުއްދިވެރިއެވެ.

މިއަދު ގިނަ ރައްޔިތުން އެދަނީ އިދިކޮޅާ ސުވާލެއް ކުރަމުންނެވެ. ކޮވިޑް-19 އިން ރައްޔިތުން އަމާން ބަނދަރަކަށް ގެންދިއުމަށް ކޮށްދެއްވަނީ ކީއްތޯއެވެ. މިސުވާލަށް ޖަވާބެއް ހޯދުން އިދިކޮޅަށް މިވަގުތު މާ މުހިއްމުކަން ޤަބޫލުކުރަން ޖެހެއެވެ.

މިއަދު މިޤައުމުގެ ހުންގާނުގައި ރައީސް ޞާލިޙު ހުންނެވި ނަމަވެސް އެމަނިކުފާނު ވެސް ގެންދަވަނީ ސިއްޙީ މާހިރުންގެ ލަފަޔާއެކު މިޤައުމުގެ ހެވާލާބައަށް އެތަކެއް ޤުރުބާނީތަކެއް ވަމުންނެވެ. އެކަން ސާބިތުކަމާއެކު ދައްކަވަމުންނެވެ.

މިކަމުގަ އަޅުގަނޑު މަޝްވަރާ މިހޯދަނީ ސިއްހީ އެކްސްޕަރޓުންނާއި ހިދުމަތްތެރިންގެ ފަރާތުން، އެއަށް އަޅުގަނޑު އަމަލު މިކުރަނީ، އަޅުގަނޑުގެ އިލްތިމާސަކީ ހުރިހާ ރައްޔިތުންވެސް ހުރިހާ ޕާޓީ ތަކުންވެސް މިވަގުތު ޓެކްނިކަލް ޓީމުން އެދެއްވާ މަޝްވަރާއާއި އެއްގޮތަށް އަމަލުކުރުން، ގޭގައި މަޑުކުރުން
ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ތެދުފުޅެއް މިވަގުތަކީ ރޯނުއެދުރު ހެދުމަށްވުރެ ކަމާބެހޭ ބޭފުޅުން އެދެއްވާ އިރުޝާދު އަޑުއަހާ ކިޔަމަންތެރިކަން ދެއްކުން ބުއްދިވެރި ވަގުތެކެވެ. ސިޔާސީ ފިކުރުތައް އެއްކިބާކޮށް ރާއްޖެ މިއޮތް އަނދަވަޅުން ސަލާމަތް ކުރަން މަސައްކަތް ކުރަންވީ ވަގުތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް