ކ. މާލެ
|
30 މާރޗް 2020 | ހޯމަ 16:38
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ފުދުންތެރިކަން ހުންނަ މީހާ ދައުލަތަށް އެއްޗެއްދޭންވީ ވަގުތަކީ މިއީ: އީވާ
 
ސަރުކާރު އިއުލާންކުރި ޕެކޭޖްގެ ތެރެއިން ވިޔަފާރިތަކަށް އެހީފޯރުކޮށްދޭއިރު އެ އެހީ ވާންޖެހޭނެ މުސާރަދިނުމަށްޓަކައި
 
މިހާރު އިގްތިޞާދު މިދާ ގޮތް ނޫން އެހެންގޮތަކަށް އިގްތިޞާދު ބައްޓަންކުރަންޖެހޭ ކަަމަށް އީވާ ވިދާޅުވި

މިއީ އިންކަމް ޓެކްސް ނަގަންވީ ވަގުތުތޯ ބައެއް މީހުން ސުވާލުކުރާ ކަމަށާއި ފުއްދުންތެރިކަން ހުންނަ މީހާ ދައުލަތައް އެއްޗެއް ދޭންވީ ވަގުތަކީ މިއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރ އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ކޮވިޑް-19 އާއި ގުޅިގެން ލިބޭ ގެއްލުން ކުޑަ ކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ދެކޭގޮތެއް ކަނޑައެޅުމަށް އެމްޑީޕީ ޕީޖީގެ ލީޑަރ އަލީ ޢާޒިމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުޘކުރައްވަމުން އީވާ ވިދާޅުވީ އިންކަމް ޓެކްސްއަކީ ގެއަށް ގެންނަ ފައިސާއިން ނަގާ އެއްޗެއް ކަމަށެވެ.

ފަސްދޮޅަސްހާސް ރުފިޔާ މިވަގުތު ގެއަށް ގެނެވޭ ހާލަތުގައިހުރި މީހާ މިއީ ދައުލަތަށް އެޓެކްސް ދައްކަންޖެހޭ ވަގުތޭ އަޅުގަނޑު ދަންނަވާނީ
ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ

މުސާރައިގެ ގޮތުގައި ލިބޭ ޢާމްދަނީއަކީ 60،000 ރުފިޔާއިން މަތިނަމަ އެމީހުންގެ އަތުން ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ މިފެށޭ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ކޮވިޑް-19 އިން ސަލާމަތްވެ ޞިއްޙީ ގޮތުން ހިންދެމިލެވޭ ދުވަހަކު ދިވެހިރާއްޖެ އިޤުތިޞާދީ ގޮތުން އަލުން އަނބުރާ ތެދުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް މިހާރު އަޅަންޖެހޭކަމަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިޢުލާނުކުރެއްވި ޕެކޭޖަށް ތާޢީދުކުރައްވާ އީވާ ވިދާޅުވީ މިއަދުވެސް ޚަބަރު ލިބެނީ 11 ހާސް މުވައްޒަފުންގެ ވަޒީފާ ގެއްލެމުންދާ ވާހަކަކަމަށެވެ. ސަރުކާރުން އިޢުލާނުކުރި ޕެކޭޖުގެ ތެރެއިން ވިޔަފާރިތަކައް އެހީފޯރުކޮށްދޭއިރު އެ އެހީ ވާންޖެހޭނެ މުސާރަދިނުމަށްޓަކައި ފޯރުކޮށްދޭ އެހީއަކަށް ކަމަށް އީވާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެއީ ކުރު ރާސްތާ އެހީއެއް. ކުރު ރާސްތާ އެހީވުމަކީ ކޮންމެހެންވެސް މުހިންމު ކަމެއް. ވަޒީފާ އާއި އާމްދަނީ ގެއްލޭ ފަރާތްތަކަށް ކުރުރާސްތާގެ އެހީދިނުމަށް ތިބެންޖެހޭނީ ތައްޔާރަށް. އަދި ވިޔަފާރިތަކަށް އާމްދަނީ އެއް ދިނިމާ ވިޔަފާރިތަކަށް ފައިސާ އެއް ދިނީމާ ވިޔފާރިތަކަށް ސަރުކާރުން އެހީއެއްދިނީމާ އެޚަރަދުކުރަނީ މުސާރަ ދޭންތޯ އަޅުގަނޑުމެން ފުރިހަމައަށް ފާރަވެރިވާންޖެހޭނެ. ވިޔަފާރިތަކަށް އެފާރަވެރިވެވޭނެ މެކޭނިޒަމެއް އޮންނަންޖެހޭނެ. އެހެންނަމަވެސް އެހެން ކަމަކަށްވެސް އެބަ ތައްޔާރުވާންޖެހޭ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ

އީވާ ވިދާޅުވީ ދުނިޔެ މިދަނީ އިޤުތިޞާދީ ގޮތުން ބޮޑުވެގެންވާ ހިލިގަތުމަކަށް ކަމަށެވެ. މާސް ރީމޯބަލައިޒޭޝަނަކަށް ދާއިރު ރާއްޖޭގެ އިޤުތިޞާދުވެސް އޮންނަންޖެހޭނީ މެދުރާސްތާ އަދި ކުރުރާސްތާ އަށް ތައްޔާރަށް ކަމަށް އީވާ ވިދާޅުވިއެވެ. މިހާރު އިޤުތިޞާދު މިދާ ގޮތް ނޫން އެހެންގޮތަކަށް އިޤުތިޞާދު ބައްޓަންކުރަންޖެހޭ ކަަމަށް އީވާ ވިދާޅުވިއެވެ. އެގޮތުން ލާމަރުކަޒުކޮށްގެން ދެމެހެއްޓެނެވި ގޮތަކަށް ތިމާވެއްޓާ ރައްޓެހިގޮތަކަށް އަލުން އިޤުތިޞާދުގެ ބިންގާ އަޅާއިރު ވިސްނަންޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ.

މިއީ ރަނގަޅު ދަނޑިވަޅެއް ބަލާލަން މަޖުބޫރީ ހާލަތުގައި ވިހަނީ ކޮންކަހަލަ އާ އީޖާދަތަކެއްތޯ. ތާއަބަދަށް ޓޫރިޒަމަށް ހަމައެކަނި ބަރޯސާވެގެން ތިބެވެން ނެތްކަން އެނގި ކާބަފައިން ކުރިޔަށް ގެންދިޔަ އެގްރިކަލްޗަރ އާއި މަސްވެރިކަމާއި މިކަމަށް އަލުން އަނބުރާ އަޅުގަނޑުމެން ދާންވީތޯ ދަނޑުވެރިކަން އަޅުގަނޑުމެން ހިއްލަންވީ ކިހާވަރަކަށްތޯ އެހީތެރިކަން ފޯރުކޮށްދޭންވީ ކިހާވަރަކަށްތޯ އަޅުގަނޑުމެން ދިރާސާ އަޅުގަނޑުމެން ފުރިހަމައަށް ކުރަންވީ ވަގުތުމީ. އެމަސައްކަތް ފަށަންވީ ވަގުތުމީ. ކޮޓެޖް އިންޑަސްޓްރީތައް އަޅުގަނޑުމެން ފަށަންވީ ވަގުތުމިއީ. މިދަންނަވަނީ އެހީއެއްދެންޏާ އެ އެހީ ދޭންޖެހޭނީ އޭގެން އަލުން އަނބުރާ އާމްދަނީ އެއް ނެރެވޭނެގޮތަކަށް ވިސްނާފައޭ އަޅުގަނޑު މިދަންނަވަނީ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ

އީވާ ވިދާޅުވީ އިޤުތިޞާދަށް ވިސްނާއިރު އިޖުތިމާޢީ ފޭރާމަށްވެސް ވިސްނަންޖެހޭ ކަމަށެވެ. އަންހެނުންތަކެއް ނުވަތަ ފިރިންތަކެއް ވަޒީފާ ގެއްލުމުން ގޭތެރޭގައި ދިމާވަނީ ކޮންކަހަލަ މައްސަލަތަކަކަށްތޯވެސް މިވަގުތު ވިސްނަންޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
50%
0%
0%
ކޮމެންޓް
31 މާރޗް 2020 | އަންގާރަ 09:49
މަނީ
މަޖްލިސް މެންބަރަކަށް މަހަކު ކިތައްރުފިޔާ ލިބޭތޯ؟.......... ޓެކްސް ދައްކަންވީނުން ދޯ؟...... އާޒިމޫ ނަމޫނާ ދައްކަބަލަ.....