ކ. މާލެ
|
30 މާރޗް 2020 | ހޯމަ 15:21
ޑޮކްޓަރ މޫސާ މުރާދު
ޑޮކްޓަރ މޫސާ މުރާދު
ރައީސް އޮފީސް
ކޮވިޑް-19
ކޮވިޑް-19: ވައިރަސްއަށް ޕޮޒިޓިވްވެ، ފަރުވާ ދެމުންދާ ދެ މީހުންގެ ހާލު ރަނގަޅު: ޑޮކްޓަރ
 
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވީ 17 މީހުން، އޭގެ ތެރޭގައި ހިމެނޭ އިޓަލީ ދެމީހަކު ވަނީ ރާއްޖެއިން ގޮސްފަ

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ފަރުވާ ދެމުންދާ ދެ މީހުންގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރ މޫސާ މުރާދު ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޚާއްޞަ ޑރ. މޫސާ މުރާދު ވިދާޅުވީ، ވައިރަހަށް ޕޮޒިޓިވްވި ދެ ދިވެހިން ފިޔަވާ އެންމެން އެ ބައްޔަށް މިހާރު ނެެގެޓިވް ކަމަށެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 13 އަށް އަރާފައެވެ. ޑރ. މުރާދު ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މިހާރު ފަރުވާ ދެމުން ދަނީ ދެ ދިވެހިން ކަމަށާއި އެ ދެ މީހުންގެ ހާލު ރަނގަޅު ކަމަށެވެ. އެ ދެ މީހުން މިހާރު ތިބީ ވެލިދޫ އައިސޮލޭޝަން ފެސިލީޓީގައި ކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 17 މީހެކެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅު ވެފައެވެ. އިޓަލީގެ ދެ މީހަކު ޕޮޒިޓިވް ވިކަން އެނގިނުއިރު، އެ ދެ މީހުން އޭތުތިބީ އިޓަލީއަށް ދިޔުމަށްޓަކައި ފްލައިޓްގަ ކަމަށްވާތީ، އެ ދެމީހުން ރާއްޖެއަކު ނެތެވެ. އެހެންކަމުން މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ދެމުން ދަނީ ދެ ދިވެހިން އެކަންޏެވެ. އެ ދެ މީހުންނަކީ އިނގިރޭސި ވިލާތުން ރާއްޖެއައުމުން ކަރަންޓީންކުރި ދެ މީހުންނެވެ.

ކޮވިޑް-19 އަށް ދުނިޔޭގައި 734,000 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މިބަލީގައި 34،000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް