ކ. މާލެ
|
30 މާރޗް 2020 | ހޯމަ 14:53
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ކޮވިޑް-19
ކޮލޮމްބޯއަށްދާ ކާގޯ ފްލައިޓުގައި، ލަންކާގެ ތިބި ދިވެހިންނަށް އެހީގެ ތަކެތި ފޮނުވޭނެ ފުރުޞަތު އާއިލާތަކައް ދެނީ
 
މާދަމާ ބާއްވާ އިންޓަރ އޭޖެންސީ ބައްދަލުވުމަށްފަހު ތަފުޞީލު ލިބިގެންދާނެ
 
ލަންކާގައި ތިބި ދިވެހިންނަށް ކާގީ ފްލައިޓު މެދުވެރިކޮށް ތަކެތި ފޮނުވޭނެ

ސްރީލަންކާއިން ތަކެތި ގެނައުމަށް ސަރުކާރުން ޗާޓާރުކޮށްގެން ކުރާ ކާގޯ ފްލައިޓު އޮޕަރޭޝަނުގެ ތެރެއިން، ސްރީލަންކާގައި ތިބި ދިވެހިންނަށް އެހީގެ ތަކެތި ފޮނުވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މި ވަގުތު ސްރީލަންކާގައި ތިބި ދިވެހިންނަށް އެހީތެރިވެދިނުމުގެ ގޮތުން ލަންކާއަށް ކުރަމުންދާ ކާގޯ ފްލައިޓު މެދުވެރިކޮށް، ލަންކާގައި ތިބި ދިވެހިންނަށް، އެހީގެ ތަކެތި ފޮނުވުމުގެ ފުރުޞަތު އެމީހުންގެ އާއިލާތަކައް ފަހިކޮށްދެއްވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރ އޭޖެންސީބައްދަލުވުމަށްފަހު މިކަމާއި ބެހޭ ތަފުޞީލު ހިއްސާކުރައްވާނެކަމަށެވެ.

ސަރުކާރުން މި ފަހިކޮށްދޭ ފުރުޞަތުގެ ސަބަބުން، ސްރީލަންކާގައި ތިބި ދިވެހިންނާއި އާއިލާތަކައް ވަގުތީ ގޮތުން ޙައްލެއް ލިބިގެންދާކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

0%
100%
0%
0%
0%
0%
ކޮމެންޓް