ކ. މާލެ
|
30 މާރޗް 2020 | ހޯމަ 18:45
ހޯމަ ދުވަހުން އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ހޯމަ ދުވަހުން އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ކޮވިޑް-19
އެޗްއައިއެޗްގައި ތިބި މީހުންގެ ކަރަންޓީނަށް އިތުރު 14 ދުވަސް
 
މިކަމެއް ހިނގި ދުވަހުން ފަށައިގެން 14 ދުވަސް އަޅުގަނޑުމެން ގުނާނީ
 
އެކަންތައް ހިނގާދިޔަ ގޮތް ބަލާނެ ކަމަށް ވިދާޅުވި
 
މިއީ އުނދަގޫ ނިންމުމެއް: މަބްރޫކް

ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ތިބި މީހުން ރިސޯޓުތަކަށް ބަދަލުކުރެވުނުއިރު އެމީހުންގެ ތެރެއިން ގިނަ ބަޔަކު އެއްކޮށް، އެއް ލޯންޗެއްގައި ބަދަލުކުރެވުމުގެ ސަބަބުން އެ މީހުން އިތުރު 14 ދުވަހު ކަރަންޓީންގައި ބޭތިއްބުމަށް ސަރުކާރުން ނިންމައިފި އެވެ.

އެޗްއައިއެޗްއަކީ ސަރުކާރުން ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަތަނެކެވެ. ނަމަވެސް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރުމަށް ރިސޯޓުތަކެއް ލިބުމުން ސަރުކާރުން ވަނީ އެޗްއައިއެޗްގައި ތިބި މީހުން ރިސޯޓުތަކަށް ބަދަލުކޮށްފަ އެވެ. އެގޮތަށް ބަދަލުކުރިއިރު، އެންމެން އެއް ޗޯންޗެއްގައި މަސްހުނިވާގޮތަށް ބަދަލުކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

ހޯމަ ދުވަހު ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން އެކުލަވާލާފައިވާ ކޮވިޑް-19 ޓާސްކް ފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައިވަނީ އިތުރު 14 ދުވަސް ވަންދެން އެ މީހުން ކަރަންޓީނުގައި ތިބުމަށް ކަމަށެވެ. އެ ނިންމުމަކީ ހުރިހާ ގޮތަކުންވެސް އެ ފަރާތްތަކުގެ އިތުރުން އާއިލާތަކަށް އުދަނގޫ ނިންމުމެއް ކަމަކަށް ވެގެންދާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އެކަން ހިނގާދިޔަ ގޮތް ބަލައި ރަނގަޅު ކުރަން ޖެހޭ ކަންތައް ކުރަން ސަރުކާރުން އޮތީ ތައްޔާރަށް ކަމަށެވެ.

އަޅުގަނޑުމެންނަށް ނެގެން ނެތް ރިސްކެއް ޓެކް ޓީމުން ވިދާޅުވަނީ، އެ ކުދިން އަނބުރާ ގެނައުމަކީ. ދެން މިކަމުގައި ސުވާލުވެސް އުފެދޭ. ނުތަނަވަސްކަން ވެސް ހުރޭ. ހިތްހަމަނުޖެހުންވެސް ހުންނާނެ. އެކަންކަމާއި އަޅުގަނޑުމެންވެސް ކުރިމަތިލަން
މަބްރޫކް އަޒީޒް - ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު

އެ ޕްރެސްކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑޮކްޓަރ މޫސާ މުރާދު ވިދާޅުވީ، އެގޮތަށް ނިންމީ ހުރިހާ ފަރާތްތަކުގެ ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.

''އިތުރު 14 ދުވަހަކީ މިއަދުން (ހޯމަ) ދުވަހުން ފެށިގެން 14 ދުވަހެއް ނޫން. މިކަމެއް ހިނގި ދުވަހުން ފަށައިގެން 14 ދުވަސް އަޅުގަނޑުމެން ގުނާނީ''ޑރ. މުރާދު ވިދާޅުވިއެވެ.

ފެހި ސިގްނަލް ލިބެންދެން އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ޑރ. މުރާދު ފާހަގަކުރެއްވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
50%
0%
25%
0%
0%
ކޮމެންޓް