ކ. މާލެ
|
30 މާރޗް 2020 | ހޯމަ 13:42
ލުބްނާނުގެ ރެފިއުޖީ ކޭމްޕެއް
ލުބްނާނުގެ ރެފިއުޖީ ކޭމްޕެއް
އަލް-އަހެދް ނިއުސް
ކޮވިޑް-19
ލުބްނާނުގެ ކޭމްޕުތަކުގައި ތިބި ސޫރިޔާގެ ރެފިއުޖީން ކޮވިޑް-19 ޖެހިދާނެކަމުގެ ބިރު ހީވެފައި
 
ކޮވިޑް-19 ފެތުރިއްޖެނަމަ، ގިނަ އަދަދެއްގެ ރެފިއުޖީން މީގެ ތަޙަައްމަލު ކުރަން ޖެހިދާނެ- އދ
 
ލުބްނާނުގައި އަރާ ފޭބުން މަނާކުރުމާއި ގުޅިގެން ރެފިއުޖީންނަށް ވަޏި އުދަނގޫވެފައި

ލުބްނާނުގައި 300އަށް ވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެޤައުމުގެ ގިނަ ރައްޔިތުން މިހާރު ތިބީ އެޤައުމުގެ ސަރުކާރުން މިހާރު ތަންފީޒުކުރަމުންދާ ރައްކާތެރިކަމުގެ އުޞޫލުގެ ދަށުން ގެތަކުގައި ކަރަންޓީންވެގެންނެވެ. އެހެންނަމަވެސް މިހާތަނަށް އާއިރު، އެޤައުމުގައި ޤާއިމުކޮށްފައިވާ ރެފިއުޖީ ކޭމްޕްތަކުން އެއްވެސް މީހަކު އަދި ވައިރަސްއަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. އެއްވެސް މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ނުވިނަމަވެސް، ކޭމްޕތަކުގައި ތިބި ސޫރިޔާގެ ރެފިއުޖީންނާއި، އަދި އެމީހުންނަށް އެކި ޚިދުމަތްދޭ އެހީތެރިންވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ކޮވިޑް-19 ގެ ނުރައްކާ ފޭލިގަތަކައް އައިސްދާނެކަމުގެ ބިރު ހީވެ ގިނަ ބަޔަކު މިހާރު ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

ލުބްނާނުގެ ރެފިއުޖީ ކޭމްޕުގައި ދުވަސްތައް ގުނަމުންދާ ސޫރިޔާގެ އެންމެ ބޮޑު ސިޓީކަމަށްވާ ހަލަބުގެ ރައްޔިތަކު ބުނީ، ކޭމްޕުތައް ފުރި ބަނޑުންވެފައިވާއިރު، ފިތި ބާރުވެގެން ދަންފަޅި ބަހައިގެން ދިރިއުޅުމުގެ ސޒަރޫރީ ބޭނުންތައް ފުއްދަމުންދާ މި ދަނޑިވަޅުގައި ކޮވިޑް-19 ފަދަ ނުރައްކާތެރި ވައިރަސްއަކާއި ކުރިމަތިލާންޖެގިދާނެކަމުގެ ބިރު ހީވާކަމަށެވެ.

ފިތި ބާރުވެފައިވާ މި ފޭލިގެތަކައް ކޮވިޑް-19 އަންނަން ނުނަގާނެ ހިނދުކޮޅެއްވެސް. ވައިރަސް ކޭމްޕާއި ހިސާބަށް އައިސްފިނަމަ އެތައްހާސް ބަޔަކު އޭގެ ޝިކާއަރަކަށްވެގެންދާނެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙާލަތު މިހިރީ އެކަހަލަ ގޮތަކައް. ވައިރަސް ދެކެ އަޞްލު ވަރަށް ބިރުގަނޭ...
ސަލާހު/ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ ސޫރިޔާގެ ރައްޔިތެއް

ލުބްނާނުގެ ބަޤާ ވާދީތަކުގައި ޤާއިމުކޮށްފައިވާ ރެފިއުޖީ ކޭމްޕުތަކުގައި ސޫރިޔާގެ 400 އެއްހާ މީހުން ދިރިއުޅެއެވެ. އދ ގެ ރެފިއުޖީންނާއި ބެހޭ އޭޖެންސީން ދަނީ މިމީހުންނަށް ބޭނުންވާ ކުއްލި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި މިހާރު ލުބްނާނުގައި ކޮވިޑް-19 ފެތުރެމުންދާއިރު، ކޭމްޕްތަކައް ވައިރަސް ފޯރައިފިނަމަ އަމަލުކުރާނޭ ގޮތުގެ ކޮންޓިންޖެންސީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެންމެ ފަހުގެ ތައްޔާރީތަކައް ބަލާލާއިރު، ކޭމްޕުގައި ދިރިއުޅޭ ރެފިއުޖީއަކު ވައިރަސްއަށް ޕޮޒިޓިވްވެއްޖެނަމަ އެމީހަކު ވަކިން ނުވަތަ އެކަހެރިކޮށް ބަހައްޓާނެ އައިސޮލޭޝަން ކޭމްޕުތަކެއް ވަކިން ޤާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

އދ ގެ ރެފިއުޖީންނާއި ބެހޭ އޭޖެންސީން ބިޤާގެ ވާދީތަކުގައި ހިންގާ އިންސާނީ އެހީގެ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ސޫރިޔާގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދެމުންދާއިރު، ކޮވިޑް-19 އާއި ގުޅިގެން މިހާރު ވަނި އޮޕަރޭޝަން ހިންގުމަށް ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ. އަދި މިހާތަނަށް އާއިރު، ކޭމްޕުން އެއްވެސް މީހަކު ވައިރަސްއަށް ސްކްރީންކޮށްފައެެއް ނުވެއެވެ. މިކަމާއި ގުޅިގެން، ރެފިއުޖީން ގެންދަނީ ޔޫއެންގެ ޓީމަށް ފިއްތުތައް ކުރިމަތިކުރަމުންނެވެ. އެމީހުންވެސް ފިއްތުންތައް ކުރިމަތިކުރަނީ، އެމީހުންނަށް ވައިރަސްގެ ނުރައްކާ ވަޒަން ކުރެވޭތީއެވެ. އަދި ވައިރަސް ކޭމްޕާއި ހަމަޔަށް އައިސްފިނަަމަ، ދެން އެމީހުންގެ ދިިރިއުޅުން ފުރޮޅިގެންދާނެ ގޮތް އަންދާޒާކުރެވޭތީއެވެ.

ލުބްނާނުގެ ބައެއް ޞަރަޙައްދުތަކައް "އަރާ ފޭބުން" މިހާރުވެސް މަނާކޮށްފައިވާތީ ސޫރިޔާގެ ރެފިއުޖީންނަށް ބޭނުންވާ ޒަރޫރީ ބާވަތްތައް ލިބުމުގައި ވަނީ ދަތިތަކާއި ކުރިމަތިލާންޖެހިފައެވެ. އދ އާއި އަދި ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ވިސްނުން ހުރީ ރެފިއުޖީ ކޭމްޕް އެއްކޮށް ލޮކް ޑައުން" ކުރުމަށެވެ. ކަން މިހެން ވެއްޖެނަމަ، އިންސާނީ ބޮޑު ކާރިޘާއަކާއި ކުރިމަތިލާންޖެހިދާނެކަމުގެ ބިރު ކިތަންމެހާވެސް ބޮޑެވެ. މި ބިރުވެރި ޚަބަރުތަކާއި ގުޅިގެން ސޫރިޔާގެ ރެފިއުޖީން ބުނަމުންދަނީ އެމީހުންނަކީ މިހާރުވެސް އަމިއްލަ ވަޒަނެއް ނެތް، އަދި ދިރިއުޅުމުން މަހްރޫމުވެފައިވާ ބަޔަކަށްވާއިރު، މިހާރު މަރުގެ އިހުސާސްކުރެވޭ ކަމަށެވެ.

ސޫރިޔާގެ ދިގުލީ ދާޚިލީ ހަނގުރާމައިގައި އެޤައުމުގެ އެތައް މިލިޔަން މީހުން ވަނީ ޤައުމުން ފައިބާ އަވަށްޓެރި ޤައުމުތަކުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންނެވެ. އޭގެތެރެއިން ގިނަ ބަޔަކު ދަނީ ބަނޑުހަހޫނުކަމާއި ހަނގުރާމަކުރަމުންނެވެ.

100%
0%
0%
0%
0%
0%
ކޮމެންޓް