ކ. މާލެ
|
30 މާރޗް 2020 | ހޯމަ 13:22
ހޫޘީން ދިންކަމަށް ބުނާ ޙަމަލާ
ހޫޘީން ދިންކަމަށް ބުނާ ޙަމަލާ
ސައުދީގެޒެޓް
ސައުދީ ހަމަލާ
ސައުދީއަށް ދިން މިސައިލް ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
 
ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެ

ސައުދި އަރަބިއްޔާއަށް ދިން މިސައިލް ޙަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ސައުދީގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާގޮތުގައި ވެރިރަށް ރިޔާދަށާއި، ޖިޒާން ސިޓީއަށް ހޮނިހިރު ދުވަހުގެރޭގެ ވަގުތުތަކުގައި ޙަމަލާތަކެއް އަމާޒުކޮށްފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުންނަމަ، ސައުދީއަށް ޙަމަލާދިނީ އިރާނުން ވާގިވެރިވެދޭ ހޫޘީ ހަނގުރާމަވެރި ގްރޫޕުންނެވެ. އެ ގްރޫޕުން ފޮނުވާލި ބެލިސްޓިކް ދެ މިސައިލެއް ސައުދީގެ އަސްކަރީން ވަނި ދިފާޢުކޮށްފައެވެ. ޔަމަނުގައި ޙަރަކާތްތެރިވާ ސައުދީގެ ގުޅިފައިވާ ލަޝްކަރުގެ ތަރުޖަމާނު ކާނަލް ތުރުކީ އަލް މާލިކީއާއި ޙަވާލާދީ ސައުދީގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކުރާ ގޮތުގައި، ހޫޘީންގެ މިޙަމަލާތަކުގައި އެއްވެސް މީހަކު މަރެއް ނުވެއެވެ.

މިކަމާއި ގުޅިގެން ރައްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައުދީއަށް ދިން ބެލެސްޓިކް މިސައިލް ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެކަމަށާއި، ސައުދީއާއެކު ސާބިތުކަމާއެކު ތިބޭނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

ޔަމަނުގެ ސަރުކާރާއި ދެކޮޅަށް އީރާނުގެ އެހީތެރިކަމާއެކު ޙަމަލާދެމުންދާ ހޫޘީ ހަނގުރާމަވެރިން މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން ސައުދީއަށާއި، ޔަމަނާއި އިންވެގެންވާ ބައެއް އެހެނިހެން ޤައުމުތަކަށް އަސްކަރީ ޙަމަލާތައްދެއެވެ. އެމީހުންގެ ޙަމަލާތައް ގިނައިން ޢަމާޒުކުރަނީ ޔަމަނުގެ ސަރުކާރަށް ވާގިވެރިވެދޭ ޤައުމުތަކަށެވެ. އަދި ގިނައިން އެމީހުންގެ ޙަމަލާތައް އަމާޒުކުރަނީ މަދަނީންގެ އާބާދީތަކަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
20%
40%
0%
20%
0%
20%
ކޮމެންޓް