ކ. މާލެ
|
30 މާރޗް 2020 | ހޯމަ 13:47
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ޚަރަދުވީ 4،000ރ: ރައީސް ނަޝީދު
 
އިތުރަށް އިންސްޓޯލް ކުރަން ޖެހެނީ މައިކްރޯސޮފްޓް ޓީމްސް
 
މައިކްރޮސޮފްޓް އޮފީސް 365 ބިޒްނަސް ލައިސަންސް އޮތީ މަޖިލީހުގެ އިދާރާއިން ކުރިންވެސް ގަނެފަ
 
4،000ރ ޚަރަދުވީ މެމްބަރުންގެ ނަން ބޯޑުތައް ހެދުމަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް، ވީޑިއޯ ކޮންފަރެންްސް މެދުވެރިކޮށް، ކުރިއަށް ގެންދަން މައިގަނޑު ޚަރަދެއް ހިނގާފައިވަނީ މެންބަރުންގެ ނަން ބޯޑުތައް ތައްޔާރުކުރަން ދިޔަ ޚަރަދު އެކަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ކުރިއަށް ގެންދިއުމަކީ ޚަރަދު ބޮޑުކަމެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރަމުންދާތީ އެކަމާ ގުޅިގެން، ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދަން މައިގަނޑު ގޮތެއްގައި ކުރަންޖެހުނު ޚަރަދަކީ މެމްބަރުންގެ ނަން ބޯޑުތައް ތައްޔާރު ކުރުމަށް ދިޔަ 4،000ރ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މައިކްރޮސޮފްޓް އޮފީސް 365 ބިޒްނަސް ލައިސަންސް އޮތީ މަޖިލީހުގެ އިދާރާއިން ކުރިންވެސް ގަނެފަ ކަމަށެވެ.

އެހެންކަމުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖަލްސާތައް ކުރިއަށް ގެންދަން އިތުރަށް ބޭނުންވަނީ، ފޯނު، ޓެބްލެޓް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމެކެވެ. އެއަށް އިންސްޓޯލް ކުރަން ޖެހެނީ މައިކްރޯސޮފްޓް ޓީމްސް އެވެ.

ދެން އިތުރަށް ބޭނުންވާނީ އިންޓަރނެޓް އެވެ.

ރައީސް ނަޝީދު އެފާހަގަ ކުރެއްވި ފަދައިން މަޖިލީހުގެ މެމްބަރުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖަލްސާތައް ކުރިއަށް ގެންދަން މައިގަނޑު ގޮތެއްގައި ޚަރަދެއްގެ ގޮތުގައި ހިނގާފައިވާނީ މެމްބަރުންގެ ނަން ބޯޑު ތަކެވެ.

އެހެންކަމުން މަޖިލީހުގެ އިދާރާގައި، ޖަލްސާތައް ބޭއްވުމާއި ކޮމެޓީތަކުގެ މަސައްކަތްތައް ބޭއްވުމަށް ވުރެ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ކުރިއަށް ގެންދިއުމަކީ މާބޮޑަށް ވެސް ޚަރަދު ކުޑަވެގެންދާނެ ކަމެކެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތަކާއި މަސައްކަތްތައް ކުރަން ނިންމީ މިވަގުތު މުޅި ދުނިޔެއަށް ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ރޯގާގެ ސަބަބުން، އެ ރޯގާ ފެތުރުނަ ނުދިނުމަށް ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަރު އަޅުއްވާފައިވާ ފިޔަވަޅުތަކާއި ނޭޝަނަލް އެމަޖެންސީ އޮޕަރެޝަން ސެންޓަރުން އަޅާފައިވާ ފިޔަވަޅުތަކަށް އިހުތިރާމު ކުރުމުގެ ގޮތުން ކަމަށެވެ.

ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތް މައިމޫނާ ވަނީ، މިމަހުގެ 12 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފަ އެވެ. އަދި ސަރުކާރާއި ގިނަ އޮފީސްތަކެއް އަދި ސްކޫލްތައް ބަންދުކޮށް، ގޭގައި މަޑުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އެދިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
50%
0%
0%
25%
25%
ކޮމެންޓް