ކ. މާލެ
|
30 މާރޗް 2020 | ހޯމަ 12:35
ބ.ދަރަވަންދޫ
ބ.ދަރަވަންދޫ
އަވޭލާ މަންޓާ ވިލޭޖް
މާރާމާރި
ދަރަވަންދޫގައި ދެބެއިންގެ ދެމެދުގައި މާރާމާރީ ހިންގާ އެތަނުން އެކަކުގެ އަތަށް ކަތުރެއް ހަރާލައިފި
 
ހައްޔަރުރީ 29 އަހަރުގެ މީހާ
 
މާރާމަރި ހިންގީ ވައްކަމުގެ މައްސަލައެއްގައި

ބ. ދަރަވަންދޫގައި ދެބެއިންގެ ދެމެދުގައި މާރާމާރި ހިންގާ އެތަނުން އެކަކުގެ އަތަށް ކަތުރެއް ހަރާލައިފިއެވެ.

ފުލުހުން ބުނީ ދަރަވަންދޫގައި ދެބެއިން މަރާމާރި ހިންގި މައްސަލައެއް މިމަހުގެ 29 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މިމާރާމާރިގައި ހިންގާފައިވަނީ މިމަހުގެ 28 ވަނަ ދުވަހު ދަރަވަންދޫ ގެއަކުން ކުރި ވައްކަމަކާ ގުޅިގެން، ވައްކަން ކުރި ގޭގައި ދިރިއުޅޭ އުމުރުން 29 އަހަރުގެ ފިރިހެނެއް އޭނާގެ ކޮއްކޮ (އުމުރުން 26 އަހަރުގެ ފިރިހެނެއް)ގެ ވޮލެޓުން ފައިސާ ގެއްލުމާ ގުޅިގެން އެދެމީހުންގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ކަމަށެވެ.

ފުލުހުން ބުނީ މިމާރާމާރިގައި އުމުރުން 26 އަހަރުގެ މީހާގެ އަތަށް ކަތުރެއް ހަރާލާފައިވާ ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން 29 އަހަރުގެ މީހާގެ މީހާ މިމަހުގެ 29 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
100%
0%
0%
0%
ކޮމެންޓް