ކ. މާލެ
|
30 މާރޗް 2020 | ހޯމަ 11:55
މާލޭގައި ހިންގާ ފާމަސީތަކެއް
މާލޭގައި ހިންގާ ފާމަސީތަކެއް
ރާއްޖެއެމްވީ
އާސަންދަ
ދިގުމުއްދަތައް ބޭސް ބޭނުންކުރާ ފަރާތްތަކައް ބޭސް ސިޓީ އާނުކޮށް އާސަންދަލިބޭ ހުރިހާ ފާމަސީތަކުން ބޭސް ނެގޭނެ: އާސަންދަ
 
މިވަގުތު ހުރި ބޭސް ހުސްވުމުގެ 15 ދުވަސް ކުރިން ފާމަސީތަކަށް ބޭސްހޯދުމަށް ހުށައެޅުން
 
ސްކީމްގެ ޚިދުމަތްދޭ ބޭރުގެ ހޮސްޕިޓަލަކުން ލިޔެދީފައިވާ ބޭސްސިޓީއެއްނަމަ، 6 މަސްދުވަސްވެފައި ނުވާ އެންމެ ފަހުގެ ބޭސްސިޓީ ފާމަސީއަށް ގެންދިއުން
 
މިޚިދުމަތް 27 މާރޗް އިން ފެށިގެން ލިބެންހުންނާނެ

ދިގުމުއްދަތަކައް ބޭސް ބޭނުންކުރާ ފަރަތްތަކަށް، އާސަންދައިގެ ޚިދުމަތްލިބޭ ހުރިހާ ފާމަސީތަކުން ބޭސް ސިޓީ އާނުކޮށް ބޭސް ނެގޭނެގޮތަށް އާސަންދައިން ހަމަޖައްސައިފިއެވެ.

އާސަންދައިން ބުނީ ދިގު މުއްދަތައް ބޭސް ނަންގަވާ ބޭފުޅުންނަށް މިދުވަސްވަރު އަލުން ޑޮކްޓަރަށް ނުދައްކާ، ބޭސްސިޓީއަށް އަލުން ބޭސްނެގޭނޭ ގޮތުގެ އުޞޫލު ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މިވަގުތު ދިވެހިރާއްޖޭގައި އިޢުލާން ކުރެވިފައިވާ އާންމު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޞިއްޙީ ޚިދުމަތްފޯރުކޮށްދޭ މަރުކަޒުތަކަށް ޢާންމުން ޒިޔާރަތްކުރުން މަދުކުރުމުގެ ގޮތުން، ދިގު މުއްދަތައް ބޭސް ނަންގަވާ ބޭފުޅުންނަށް މިދުވަސްވަރު އަލުން ޑޮކްޓަރަށް ނުދައްކާ، ކުރިން ޑޮކްޓަރު ލިޔެދެއްވާފައިވާ ބޭސްސިޓީއަކަށް އަލުން ބޭސްނެގޭނޭ އިންތިޒާމު ހަމަޖައްސާ ދީފައިވާނެކަމަށެވެ.

އެގޮތުން "އާސަންދަ" ސްކީމްގެ ޚިދުމަތް ފޯރުކޮށްދޭ ، ހޮސްޕިޓަލެއްގެ ނުވަތަ ކްލިނިކެއްގެ ތެރޭގައި ނުހިމެނޭ ހުރިހާ ފާމަސީއަކުންވެސް މިޚިދުމަތް 27 މާރޗް އިން ފެށިގެން ލިބެންހުންނާނެ ކަމަށް އާސަންދައިން ބުނެއެވެ.

އާސަންދަ ސްކީމްގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ކުރިން ދޫކުރެވިފައިވާ ބޭސްސިޓީއަކަށް ބޭސްދިނުމުގައި އަމަލުކުރަންވީ ގޮތަކީ؛

- ބޭސްސިޓީ ލިޔެދީފައިވާ ތާރީޚުން ފެށިގެން 3 މަސްދުވަސްވެފައި ނުވާ އެންމެ ފަހުގެ ބޭސްސިޓީ ހިފައިގެން ފާމަސީއަށް ދިއުން

- ސްކީމްގެ ޚިދުމަތްދޭ ބޭރުގެ ހޮސްޕިޓަލަކުން ލިޔެދީފައިވާ ބޭސްސިޓީއެއްނަމަ، 6 މަސްދުވަސްވެފައި ނުވާ އެންމެ ފަހުގެ ބޭސްސިޓީ ފާމަސީއަށް ގެންދިއުން

- މިވަގުތު ހުރި ބޭސް ހުސްވުމުގެ 15 ދުވަސް ކުރިން ފާމަސީތަކަށް ބޭސްހޯދުމަށް ހުށައެޅުން

- ބޭސްސިޓީއަކީ ދިގުމުއްދަތަށް ފަރުވާކުރާ ބައްޔަކަށް ދޫކުރެވިފައިވާ ބޭސްސިޓީއަކަށްވުން

- ބޭސްސިޓީގައި ހުންނަންވާ ހުރިހާ މަޢުލޫމާތުތަކެއް ފުރިހަމައަށް ހުރުން (ބަލިމީހާގެ މަޢުލޫމާތު، ބަލީގެ ނަން، ބޭހުގެ ނަމާއި މިލިގްރާމް، އަދި ބޭސްބޭނުންކުރަންވީ ވަގުތުތަކާއި މުއްދަތު، ޑޮކްޓަރުގެ މަޢުލޫމާތު)

- ބޭސްނަގަން ވަޑައިގަންނަވާއިރު، ބަލިމީހާގެ އައިޑީކާޑު އަދި ބޭސްސިޓީ ގެންދިއުން

- މިފަދަ ބޭސްސިޓީއެއްގައި ކުރިން އެހެންކަމަކަށް އެވަގުތަށް ފަރުވާ ނަގާފައިވާ އެހެނިހެން ބޭސްތައް އަލުން ދުލެއްނުކުރެވޭނެއެވެ. (މިސާލު: އެންމެފަހުން ހަކުރު ބަލީގެ ބޭފުޅަކު ޑޮކްޓަރަށް ދެއްކެވިއިރު، ރޯގާޖެހިފައިވާނަމަ، އޭރު އެކަމަށް ލިޔެދެއްވާފައިވާ ބޭހާއި ހަކުރު ބައްޔަށް ލިޔެދެއްވާފައިވާ ބޭހުގެ ތެރެއިން އަލުން ދޫކުރެވޭނީ ހަމައެކަނި ހަކުރު ބައްޔަށް ލިޔެދެއްވާފައިވާ ބޭހެވެ)

އާސަންދަ ސްކީމްގެ ޚިދުމަތް ފޯރުކޮށްނުދޭ މަރުކަޒަކުން އަލަށް ދޫކުރެވިފައިވާ ބޭސްސިޓީއަކަށް ބޭސްދިނުމުގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ؛

- ބޭސްސިޓީ ލިޔެދީފައިވާ ތާރީޚުން ފެށިގެން 3 ދުވަސްވެފައި ނުވުން (ޑޮކްޓަރު އަލަށް ލިޔެދީފައިވާ ބޭސްސިޓީއަކަށް)

- ބޭސްސިޓީއަކީ ދިގުމުއްދަތަށް ފަރުވާކުރާ ބައްޔަކަށް ދޫކުރެވިފައިވާ ބޭސްސިޓީއަކަށްވުން

- ބޭސްސިޓީގައި ހުންނަންޖެހޭ ހުރިހާ މަޢުލޫމާތުތަކެއް ފުރިހަމައަށް ހުރުން (ބަލިމީހާގެ މަޢުލޫމާތު، ބަލީގެ ނަން، ބޭހުގެ ނަމާއި މިލިގްރާމް، އަދި ބޭސްބޭނުންކުރަންވީ ވަގުތުތަކާއި މުއްދަތު، ޑޮކްޓަރުގެ މަޢުލޫމާތު)

- ބަލިމީހާގެ އައިޑީކާޑު ހިފައިގެން ބޭސްނެގުމަށް ދިއުން

އާސަންދައިން ބުނީ މިގޮތަށް ޢަމަލުކުރެވޭނީ ހަމައެކަނި މިވަގުތު ދިވެހިރާއްޖޭގައި އިޢުލާން ކުރެވިފައިވާ ޢާންމު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެކަނިކަމަށެވެ. އަދި މިހާލަތު ނިމުމަކަށް ގެނައިކަން ރަސްމީކޮށް އިޢުލާނުކުރުމާއެކު، "އާސަންދަ" ސްކީމްގެ ޚިދުމަތް ފޯރުކޮށްދެވޭނީ ކުރީގައި ވެސް ސްކީމްގެ ޚިދުމަތް ފޯރުކޮށްދެމުންދާ އުޞޫލުން، 30 ދުވަސް ހަމަވެފައިނުވާ، ސްކީމްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ދޫކުރެވިފައިވާ ބޭސްސިޓީއަކަށް ކަމަށް އާސަންދައިން ބުނެއެވެ.

އަދި ކުންފުނީގެ ފަރާތުން ދިގުމުއްދަތަށް ބޭސްނަގާ ފަރާތްތަކައް މިގޮތައް ބޭސްނެގުމަށް ފުރުޞަތު ދެވުނު ކަމުގައި ވީނަމަވެސް، އެފަރާތަކީ ބޭހުގެ ޑޯޒޭޖު ބަދަލުކުރަންޖެހޭ ފަރާތެއްނަމަ، ނުވަތަ އެބަލީގެ އިތުރުން، އިތުރު އުނދަގުލެއް މިވަގުތު ހުރި ފަރާތެއްނަމަ، ޞިއްޙީ ޚިދުމަތްފޯރުކޮށްދޭ ފަރާތްތަކުގެ އެހީ ހޯއްދެވުމަށް ބުނެފައިވެއެވެ.

އަދި މިބަދަލާއެކު 17 މާރޗު ގައި ނެރުނު ވަގުތީ އުޞޫލު ބާޠިލުކޮށްފައިވާކަމަށް ވެސް އާސަންދައިން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
100%
0%
0%
0%
0%
0%
ކޮމެންޓް