ކ. މާލެ
|
30 މާރޗް 2020 | ހޯމަ 08:36
ކޮވިޑް-19 އަދިވެސް އަންނަނީ ދުނިޔޭގައި ފެތުރެމުން
ކޮވިޑް-19 އަދިވެސް އަންނަނީ ދުނިޔޭގައި ފެތުރެމުން
އަލްޖަޒީރާ
ކޮވިޑް-19
ކޮވިޑް-19: އިއްޔެ އެކަނި 58,864 އަށް ވުރެގިނަ މީހުންނަށް ވައިރަސް ޖެހުނު، 3,110ށް ވުރެ ގިނަ މީހުން މަރުވި
 
އެންމެ ގިނަ އަދަދަކަށް މީހުން މަރުވަމުންދަނީ ސްޕެއިންއިން
 
އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހެނީ މިހާރު އެމެރިކާއިން

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ހަތް ލައްކައަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ.

އިއްޔެގެ ތަފާސްހިސާބުތަކަށް ބަލާއިރު މުޅި ދުނިޔެއިން އިއްޔެ އެކަނި މިވައިރަސް 58,864 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވެއެވެ. މިވައިރަސް އެންމެ ގިނަ މީހުންނަށް މިހާރު ޖެހެމުން އަންނަނީ އެމެރިކާގައެވެ. އެމެރިކާއިން އެކަނި 142,047އަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު އިއްޔެ އެކަނި 18,469 ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ. ދެން އެންމެ ގިނަ އަދަދަކަށް މީހުންނަށް ވައިރަސް ޖެހިގެން މިހާރު ރިޕޯޓުކުރަމުން އަންނަނީ ސްޕެއިން އެވެ. ސްޕެއިނުން މިހާތަނަށް 80,110 މީހުންނަށް ވައިރަސް ޖެހިފައިވާއިރު ސްޕެއިން އިން އިއްޔެ އެކަނި 6,875 އަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވެއެވެ. ދެން އިއްޔެ އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވަނީ އިޓަލީންނެވެ. އެއީ5,217 މީހުންނެވެ. އިޓަލީން މިހާތަނަށް އާއިރު 97,689 މީހުންނަށް ވައިރަސް ޖެހިފައިވެއެވެ.

އިއްޔެ އެންމެ ގިނަ ޢަދަދަކަށް މީހުން މިވައިރަސް ޖެހިގެން ރިޕޯޓުކޮށްފައިވަނީ ސްޕެއިނުންނެވެ. އެއީ 821 މީހުންނެވެ. ސްޕެއިނުން މުޅި ޖުމްލަ 6,803 މީހުން މިވައިރަސް ޖެހިގެން ވަނީ މިހާތަނަށް އާއިރު މަރުވެފައެވެ. ދެން އެންމެ ގިނަ އަދަދަކަށް މީހުން އިއްޔެ މަރުވެފައިވަނީ އިޓަލީންނެވެ. އެއީ 756 މީހުންނެވެ. އިޓަލީން މިހާތަނަށް 10,779 މީހުން ވަނީ މިވައިރަސް ޖެހިގެން މަރުވެފަ އެވެ. އިއްޔެ ދެން އެންމެ ގިނަ ޢަދަދަކަށް މީހުން މަރުވެފައިވަނީ ފްރާންސުންނެވެ. އެއީ 292 މީހުންނެވެ. ފްރާންސުން މުޅި ޖުމުލަ މިހާތަނަށް 2,606 މީހުންވަނީ މިވައިރަސް ޖެހިގެން މަރުވެފައެވެ.

މިހާތަނަށް އާއިރު މުޅި ދުނިޔެއިން މިވައިރަސް ޖެހިގެން 33,966 މީހުން ވަނީ މަރުވެފައެވެ. ކޮވިޑް-19 އަކީ މިފަހުގެ ތާރީޚުގައި ދުނިޔެ ދެކުނު އެންމެ ބޮޑު ޞިއްޙީ ކާރިޡާކަމަށްވާއިރު އަދިވެސް މިވައިރަސް ހަލުވިކަމާއެކު އަންނަނީ ދުނިޔޭގައި ފެތުރެމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
91%
0%
0%
9%
ކޮމެންޓް